Live 6,029 stories Updated Sep 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކުޅުދުއްފުށި ޕޯޓް ޕްރައިވެޓް ލިމިޓެޑަށް 2025 ވަނަ އަހަރު ޖުމްލަ ގެއްލުން 12.3 މިލިއަން ރުފިޔާއަށް އަރާފައިވޭ: އޮޑިޓް ރިޕޯޓް

ކުޅުދުއްފުށި ޕޯޓް ޕްރައިވެޓް ލިމިޓެޑަށް 2025 ވަނަ އަހަރު ޖުމްލަ ގެއްލުން 12.3 މިލިއަން ރުފިޔާއަށް އަރާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އެ ކުންފުނީގެ މާލީ ރިޕޯޓުން ހާމަވެއްޖެ އެވެ.

ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ދަނީ ހަލާކުވަމުން: ކައުންސިލް

ބ. ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ހަލާކުވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތަށް ހިންގޭ އަނދިރި ޖަރީމާއެއް ކަމަށް ޝެއިޚް ފަޒްލޫން ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ޚާއްސަ އަމިއްލަ އިމާރާތެއް ބިނާކުރުމަށް މާލެއިން ބިމެއް ހަމަޖެހިއްޖެ: އުއްތަމަފަނޑިޔާރު

ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓަށް ޚާއްސަ އަމިއްލަ އިމާރާތެއް ބިނާކުރުމަށްޓަކައި މާލޭގެ އެންމެ މުހިންމު އެއް ސަރަހައްދުން ބިމެއް ހަމަޖެހިފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހާމަކުރައްވައިފި އެވެ.

ބަނޑިދޫގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި: ކައުންސިލް

ދ.ޗބަނޑިދޫގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފި އެވެ.

15 ވަނަ ޔުނައިޓެޑް ނޭޝަންސް ކްރައިމް ކޮންގްރެސްގައި ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެވަޑައިގަންނަވަނީ

15 ވަނަ "ޔުނައިޓެޑް ނޭޝަންސް ކޮންގްރެސް އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގައި ދިވެހިރާއްޖޭގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް އައްބާސް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ދީނީ ޖަމިއްޔާތަކަށް ދެ އަހަރުތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކުރެވިފައިވޭ: ޝަހީމް

ދީނީ ދައުވަތުގެ މަސައްކަތްކުރާ ޖަމިއްޔާތަކަށް އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށްޓަކައި ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.

ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމުގެ ގޮތުން ދޭދޭ ޤައުމުތަކުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި)ގެ އަމާޒުތައް ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމު…

މި ސަރުކާރުން ބަނޑިދޫގައި ކުރިއަށްގެންދަން ފެށި ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި، އެ މަޝްރޫއުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ: ކައުންސިލްގެ ނައިބު ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދ. ބަނޑިދޫގައި ކުރިއަށްގެންދަން ފެށި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށާއި، އެ މަޝްރޫއުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލަށް ލިބެމުން ނުދާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އަލީ ހުސެއިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަން ދިވެހި ރައްޔިތުން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެ…

ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު މުއްތަލިބުގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ: ޒަރިޔަންދު

ރަސްމާލެ މަޝްރޫއާ ގުޅިގެން ހައުސިންގ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބުގެ ފައިސާގެ އެކައުންޓުތަކާއި މާލީ މުއާމަލާތްތައް ތަހުގީގުކޮށް ބަލަންޖެހޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…