މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި
ދ. މީދޫގައި ރާއްޖެޓީވީގެ ޓީމުން ޕްރޮގްރާމެއް ޝޫޓްކުރަމުން ދަނިކޮށް، އެ ޓީމަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅަން ދިއުމުން، ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި އައުމަށް ފުލުހުންގެ ރިސެޕްޝަނުން އަންގައިފި އެވެ.