Live 6,029 stories Updated Sep 21, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ

ބ. ދަރަވަންދޫގައި ކުރިއަށްގެންދަން ނިންމި ތަރައްޤީގެ މުހިންމު މަޝްރޫއުތައް ހުއްޓި، ރައްޔިތުންނަށް ސަރުކާރުން އޮޅުވާލަމުންދާ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ ކުންފުންޏަކާ ހަވާލުކޮށްފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އީޝާއަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ވަނީ ލަފާދެވިފައި، އޭގެ ފަހުން ފުލުހުން އަދި މައްސަލަ ހުށަހަޅާފައި ނުވޭ: ޕީޖީ

އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހާޒިރުކުރި އައިޝަތު އީޝާ އަޝްރަފްގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު

ތ. ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވާކަމަށާއި ފަހުން ހުށަހަޅާފައިވާ މާލީ ބަޔާންތަކާއި އިދާރާގެ ހިސާބުތަކާ ދެމެދު ފަރަގުތަކެއް ހުރި ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން ކަމަށް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސާދީ ދުވެލި މަޑުޖެހިއްޖެ، ދެވަނަ ކުއާޓަރުގައި އިގުތިސާދީ ކުރިއެރުން 12.3 އިންސައްތަ ދަށަށް!

2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން ނުވަތަ ރިއަލް ޖީޑީޕީ، މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12.3 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

ހިތާދޫގައި ޖާގަ ތަނަވަސް ކައުންސިލު އިމާރާތެއް ހުއްޓައި، މުހިއްމު އެތައް ކަމެއް އެއްފަރާތްކުރުމަށްފަހު އައު ކައުންސިލު އިމާރާތެއް: ރައްޔިތުން އަހަނީ މިއީ ޖެއްސުމެއްތޯއޭ!

ބ. ހިތާދޫގައި މިހާރުވެސް ޖާގަ ތަނަވަސް ކައުންސިލު އިމާރާތެއް ހުއްޓައި، މުހިއްމު އެތައް މަޝްރޫއެއް އެއްފަރާތް ކުރުމަށްފަހު އައު ކައުންސިލު އިދާރާއެއް އެޅުމަކީ އެއްވެސް ވަރަކަށް ބޭނުންވާ މަޝްރޫއެއް ނޫން ކަމަށާއި މިއީ ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަނަށް، 3.82 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!

މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.50 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ރައީސް މުއިއްޒުގެ އެންމެ އިޝާރާތަކުން ގައުމުގެ އިގުތިސާދީ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ހަލާކުކޮށް، ގައުމު ދަނީ ބަނގުރޫޓުކުރަމުން: ފައްޔާޒު

ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދީ މައިބަދަ ބިންދައިގެންދާ ފަދަ ނުރައްކާތެރި ހާލަތަކަށް ރާއްޖެ މިސްރާބު ޖަހާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިރިމަރަދޫގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރަން ޖެހޭ ގޮތަށް، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ދެ ބޭފުޅަކު އައްޔަނުކޮށްފި އެވެ.

Loading fresh headlines…