ހާބަރު ފުޑްކޯޓުތައް ހުސްކުރަން އެސްޓީއޯ އިން އެންގުމުން، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް މޭޔަރަށް ޕެޓިޝަނެއް!
މާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކޮށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.