Live 6,029 stories Updated Sep 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހިތާދޫ ފެނަކައިން ވަޒީފާއިން ވަކިކުރި ޒުވާނެއްގެ ކަންބޮޑުވުންތަކާއެކު ޓްރައިބިއުނަލް އަށް: ވަކިކުރިކަން އެންގީ އޮގަސްޓު މަހު، ޗިޓުގައި އޮތީ ޖުލައި 20 ގައި ކަނޑާލިކަމަށް!

ބ. ހިތާދޫ ފެނަކަ ބްރާންޗުން ވަޒީފާއިން ވަކިކުރި ޒުވާނަކު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފިކަން އިތުބާރު ހުރި ގޮތެއްގައި މި ނޫހަށް އެނގިއްޖެ އެވެ.

ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް…

ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން!

ބ. ހިތާދޫގެ ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ކައިރި ހިސާބުތަކަށްވެސް އެ މައްސަލައިގެ އަސަރު ފޯރަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ރަށު ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ބިރުދެއްކުމާއި ދޮގު ޚަބަރު ދިންކަމުގެ ތުހުމަތުގައި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާ ގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ޕްލާސްޓިކް ހޮޅި އެތެރެކުރެވޭ ގޮތް ހެދީ ކަރުދާސް ހޮޅި އަވަހަށް ފެނަށް ގިރޭތީ، ޕްލާސްޓިކް ފެންފުޅި އެތެރެކުރެވޭ ގޮތް ހެދީ ފެނުގެ ނިޒާމެއް ގާއިމުކުރެވިފައި ނުވާތީ: މިނިސްޓްރީ

ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

ތޮއްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާތީ އއ. ތޮއްޑޫގައި މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ހިންގައި 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: މޭޔަރު އާޒިމް

މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ،

އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް

ކްރިމިނަލް ކޯޓުގެ މަސައްކަތްތައް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އައު އިމާރާތަކަށް ބަދަލުކޮށް، އެ ތަނުގައި ޝަރީއަތްތައް ހިންގަން ފެށުމާއެކު، ކޯޓުގައި ތާވަލުކުރެވޭ މައްސަލަތަކުގެ އަދަދު ކުރިއާ އަޅައިބަލާއިރު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި އެ ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ނިންމި ނިންމުމާ ގުޅޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

Loading fresh headlines…