Live 6,029 stories Updated Sep 18, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރަން ޖެހޭ: ފުއާދު

ކުރިއަށް އޮތް ތަނުގައި ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރުމަށް ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ގޮވާލައްވައިފި އެވެ.

ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައި ބޭރުގެ އޭޖެންޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ މައްސަލަ އަލުން ދިރާސާކުރުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 17 އިންސައްތަ ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނެސްފައިވާ ބަދަލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް އަވަސް މުއްދަތެއްގެ ތެރޭގައި ދިރާސާކޮށް ބަލައިދެއްވުމަށް އެދިވަޑައިގެން، ގަލޮޅު އުތުުރު ދާއިރ…

ރާއްޖެ-އިނގިރޭސި ސްޓްރެޓީޖިކް ޑައިލޮގް: މަސްވެރިކަމާއި ސަލާމަތީ އަދި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރަނީ

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މަސްވެރިކަމާއި ސަލާމަތީ އަދި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި ބޭއްވި ތިންވަނަ ސްޓްރެޓީޖިކް ޑައިލޮގްގައި އެއްބަސްވެއްޖެ އެވެ.

ރަސްމީ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް ހުރީ 200.6 މިލިއަން ޑޮލަރު، އެއީ ގާތްގަނޑަކަށް 18 ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރު: ޒަރިޔަންދު

ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގައި 643.8 މިލިއަން އެމެރިކާ ޑޮލަރު ހުރި ނަމަވެސް، އޭގެ ތެރެއިން މިވަގުތު ބޭނުންކުރެވޭ ގޮތަށް ހުރީ 200.6 މިލިއަން ޑޮލަރު ކަމަށާއި، އެއީ އެންމެ 18 ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރު ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން

ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން އެއްވެސް ރައީސަކު ތިމަން މަނިކުފާނައަކީ މުނާފިގެއް ނޫން ކަމަށާއި ދޮގުހަދާ މީހެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ނުދައްކަވާ ކަމަށާއި، ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެފަދައިން ވާހަކަދައްކަވަނީ އެމަނިކުފާނުގެ އިންސެކިއުރިޓީ ހާމަވާތީ ކަމަށް ކުރީގެ ރައީސް…

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ސަރުކާރުން ސިޔާސަތުތަކަށް ގެންނަމުންދާ ދެއުޅިއެއްނުވާ ދޯހަޅި ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު ވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީގައި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިން މައްސަލައިގައި ކުރީގެ ރައީސް ޔާމީން މި މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ އަޑުއެހުމަކަށް އެމަނިކުފާނު މި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން، ޓީޖީއެސްޓީގެ އައު އުސޫލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހާއްސަ ސަރވޭއެއް ފަށައިފި އެވެ.

ޒަރޫރީ މުދާ އެތެރެކުރެވޭނެ ފައިސާ އެބަހުރި، ދަރަނި ދައްކަނީ ރޭވުންތެރިކަމާއެކު: ފިނޭންސް މިނިސްޓަރު

ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، އެތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުގައި އެބަހުރި ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅ…

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން، ފުރާނައަށް ގެއްލުންވާ ގޮތަށް އެއްވެސް ޒުވާނެއް ނުވަތަ ރައްޔިތެއް މަރުވެގެން ގޮސްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…