Live 6,029 stories Updated Sep 17, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ ގޯތިތަކުގެ 86 އިންސައްތަ ބިން ހަވާލުކޮށް ނިމިއްޖެ: ހައުސިންގ މިނިސްޓްރީ

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތިތަކުގެ 86 އިންސައްތަ ބިން ހަވާލުކޮށް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފި އެވެ.

ޕީއެންއެފްގެ މެންބަރުންނަށް ނޭންގި ޕާޓީން ވަކިކުރި މައްސަލަ: އީސީގެ ރައީސްއާ ދެކޮޅަށް ހުށަހެޅި ޖިނާއީ މައްސަލަ ފުލުހުން ބަލައިގަނެފި

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ދަފްތަރުގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުންނަށް އެއްވެސް މިންވަރަކަށް އެނގުމަކާ ނުލައި ޕާޓީގެ ދަފްތަރުން އުނިކޮށް، އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި…

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސެޓެލްކޯ) އަށް ގޮސް ޝަކުވާ ކުރުމުން 17،000 ރުފިޔާ އަރާފައިވާ ކަރަންޓު ބިލެއް 1000 ރުފިޔާ އަށް އަދި 12،000 ރުފިޔާ އަރާފައިވާ ކަރަންޓް ބިލެއް 600 ރުފިޔާ އަށް ކުޑަކޮށްދީފި އެވެ.

ބ. ހިތާދޫ ބަނދަރު މަޝްރޫއު: ނުނިމި ހުރި 30 އިންސައްތަ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ނިންމަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ބަދަލެއް ނުގެނޭ!

ބ. ހިތާދޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 70 އިންސައްތަ ނިންމާފައިވާ ބަނދަރުގެ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް ބަދަލު ގެނެސް ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ބަނދަރު ނިންމާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްކަމުން ހިތާދޫ ކައުންސިލްގ…

ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން: ރައީސް ނަޝީދު

ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން ކަމަށާއި، ޓީ ބިލް ދެއްކީ އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ބަޖެޓް ސަޕޯޓުގެ ގޮތުގައި ހަމަޖެއްސި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް އަނބުރާ ދައްކާ ނިންމައިފި އެވެ.

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދުތަކަކަށް ނަހައްދަވައި، އޭގެ ތެރެއިން ބޮޑު އިންސައްތަ އެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާދެއްވާފައިވާތީ ރައްޔިތުން ތިބީ އުފަލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި އިގުތިސާދީ ފުޅާ ކާރިސާއާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ގައިދީންގެ ސިއްހީ ފަރުވާ ލަސްވުމުގެ މައިގަނޑު ސަބަބަކީ ހޮސްޕިޓަލަށް ގެންގޮސްދޭނެ އޮފިސަރުން ނެތުން: އެޗްއާރްސީއެމް

ރާއްޖޭގެ ޖަލުތަކުގައި ތިބި ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުން ލަސްވުމުގެ މައިގަނޑު ސަބަބަކަށްވަނީ އެ މީހުން ހޮސްޕިޓަލަށް ގެންދާނެ ޖަލު އޮފިސަރުން ނެތުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފި އެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ފާސްކޮށްފި އެވެ.

Loading fresh headlines…