Live 6,029 stories Updated Sep 17, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، އެ ފްލައިޓުން ދަތުރުކުރަން އުޅުނު ގިނަ އަދަދެއްގެ ދިވެހީން ވާނުވާ ނޭނގި ހާލުގައި ޖެހިއްޖެ އެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ގަރާރެއް ހުށަހަޅައިފި!

ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ބަޖެޓުގެ 5 އިންސައްތަ ލިބޭ ކައުންސިލުތަކަށް ކުރެވޭ ވަރުވެސް ސަރުކާރަށް ނުކޮށްދެވޭ: އާޒިމް

މިހާރުގެ ސަރުކާރަށް ބަޖެޓުގެ 95 އިންސައްތަ ލިބޭއިރު، ކައުންސިލުތަކަށް ލިބޭ 5 އިންސައްތައިން ކުރެވޭ ވަރުގެ މަސައްކަތްވެސް ނުކުރެވޭ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް ދެއްކުމުގެ މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި، އެ ބޮންޑު ދެއްކުމަށް ދިވެހި ސަރުކާރަށް ވަނީ މަޖުބޫރުވެފައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާގައި ހާލުގައި އުޅުނު ދުވަސްވީ މީހާގެ މައްސަލައިގައި ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމާމެދު ސުވާލު އުފައްދައިފި

ގދ. ފަރެސްމާތޮޑާގައި އާއިލާގެ އެހީތެރިކަމެއް ނެތި، ނިކަމެތި ހާލުގައި އުމުރުން ދުވަސްވީ މީހަކު ދެ އަހަރު ދުވަސް ވަންދެން އުޅެންޖެހުނު މައްސަލައާ ގުޅިގެން، ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގޮންޖެހުންތަކާމެދު ސުވާލު އުފައްދަވައި، މައުލޫމާތު ސާފުކުރެއްވުމަށް މިނ…

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

ދިވެހިރާއްޖެއަކީ 24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލުގެންނަ ގައުމަކަށް ވުމުން، ރާއްޖޭގައި އިންވެސްޓު ކުރަން ރައްކާތެރި ނޫން ކަމަށާއި، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރީގެ ޓޫރިޒަމް އެޑްވައިޒަރު އަދި މަންޓަ އެއަރގެ ސީއީއޯ މުހައްމަދު ޚ…

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ވިޔަފާރިވެރިންގެ ކަންބޮޑުވުން އެބަލިބޭ: ރައީސް ނަޝީދު

ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުން އަދި ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން ޔޫރަޕްގެ ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއި، ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނަށް ގުޅުއްވަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

ގާނޫނު ހަދައިގެން އިހުތިރާމު އަދާކުރުން މަޖުބޫރުކުރާ ދިމާލަށް ގެންދިއުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: މެންބަރު މައުރޫފް

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނެއް ހަދައިގެން އެންމެންނަށް އިހުތިރާމު އަދާކުރުން މަޖުބޫރުކުރުވާ ދިމާލަށް ގެންދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…