Live 6,029 stories Updated Sep 16, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން އުފެއްދި އޮފީހުގެ ސީއީއޯއަކަށް މާނިއު!

މާލެ ސަރަހައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީގެ ނަމުގައި އުފެއްދި އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު އައްޔަނުކޮށްފި އެވެ.

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެދިއްޖެ އެވެ. މިކަން ހާމަވީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައިޓް ސައިޒް ކުރުމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލުމަށްފަހު 1200އެއްހާ މުވައްޒަފުން އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)އަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

އަހަރެއް ވެގެން ދިޔައިރު ހިތާދޫ މަލްޓިޕަރޕަސް ހޯލުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރޭ، ޖެހި ދާގަނޑު ވެސް މިހާރު ނެތް!

ބ. ހިތާދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ އަހަރެއް ވެގެން ދިޔައިރު ވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޝާމިޔާ އަބްދުއް ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ހުރި އިސްލާމީ އާސާރުތަށް އަޅާނުލެވި ދޫކޮށްލެވިފައި!

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތަކީ ދިވެހި އުންމަތުގެ ހަޔާތުގައި ވަރަށް މުހިންމު އަދި ފަޚުރުވެރި މަރުޙަލާއެކެވެ. މި މުނާސަބާ ފާހަގަކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ގިނަގުނަ ކުލަގަދަ ހަރަކާތްތަކެއް ރާވައި ހިންގަމުން ގެންދެ އެވެ. ނަމަވެސް، މިފަދަ ބޮ…

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅުގައި އަޅާފައި އޮތް 11 އުޅަނދަކަށް ސިޓީ ކައުންސިލުން ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފި

ގަވާއިދާ ޚިލާފަށް ވިލިމާލޭ ފަޅު ބޭނުންކުރަމުންދިޔަ މައްސަލައިގައި އިއްޔެއާއި މިއަދުގެ ތެރޭގައި ޖުމްލަ 11 އުޅަނދަކަށް ފިޔަވަޅު އަޅައި، މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރަސްމީ ރިޒާވް ދަށަށް ދިއުމާ ގުޅިގެން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކޮށް ބާޒާރު ހަމައަކަށް އެޅުވުމުގެ ގޮތުން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ރާއްޖެއާއި މެލޭޝިއާގެ ގުޅުން އައު އުސްމިނަކަށް: ކަރަންސީ ސްވަޕް އަވަސްކޮށް، ގިނަ ދާއިރާތަކުން އެއްބާރުލުން ދޭން ނިންމައިފި

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އައު އުސްމިނަކަށް ގެންދިއުމުގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި ހެދުމަށް ހަމަޖެހިފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމުގެ މަސައްކަތް އާދައިގެ އުސޫލުތަކުން ބޭރުން އަވަސްކުރުމަށް މެލޭޝިއާ ސަރުކާރުން ނިންމައިފި އެވެ.

އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް

ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ދަންފަޅިތަކަކަށް ބަހާލައިގެން އެ ކޮންގްރެސްގެ މަސައްކަތްތަކަށް ނެރެމުންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެއީ ކުރެވިދާނެ ކަމެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުހ…

ވިޔަފާރި އަދި ޚާއްސަ ވިސާގައި އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން ވަރކް ވިސާއަށް ބަދަލުނުވެވޭ ގޮތް ހަދައިފި

ވިޔަފާރި އަދި ޚާއްސަ ވިސާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން ވަރކް ވިސާއަށް ބަދަލުނުވެވޭ ގޮތަށް ހަދައިފި އެވެ.

Loading fresh headlines…