Live 6,031 stories Updated Sep 1, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ލަންކާގައި ޑްރަގް މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ދިވެއްސަކު މިނިވަންކުރުމަށް އެ ގައުމުގެ އިސްތިއުނާފު ކޯޓުން އަމުރުކޮށްފި

ސްރީލަންކާގެ ނިގަމްބޯ ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ދިވެހި ރައްޔިތެއް ކަމަށްވާ ޔުގީތު އިބްރާހީމްގެ މައްޗަށް ކޮށްފައިވާ ހުކުމް، އެ ގައުމުގެ އިސްތިއުނާފު ކޯޓުން ބާތިލުކޮށް އޭނާ މިނިވަންކުރުމަށް އަމުރުކޮށްފި އެވެ.

އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބު ބާއްވަން ފާސްކޮށްފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގެ މުއްދަތު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދަންމާލުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފި އެވެ.

އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި

ސަރުކާރުގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތައް ހަރުދަނާ ނުކުރާނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންދެން މެދުނުކެނޑި ސީދާ ޙަރަކާތް ހިންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ނިޒާމެއް ސަރުކާރުން ތައާރަފް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ފާރަލާ ބަލާނެ ރަސްމީ ނިޒާމެއް މީގެ އެއްމަސް ފަހުން ރަސްމީކޮށް ގާއިމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

ސްރިލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ތަރޑް ސެކެޓަރީއެއްގެ މަގާމުގައި ހުންނެވި މުހައްމަދު ހައިޒޫމް ހުސައިންގެ ބޭއަދަބީ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފި އެވެ.

ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަހުގީގު އޭސީސީ އިން ފަށައިފި

ސަރުކާރުން ހިންގާ ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއަށް އެޑްރެސްކުރައްވައި އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ހުށަހެޅުއްވި މައްސަލަ އޭސީސީން ތަހުގީގު ކުރަން ފަށައިފި އެވެ.

އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލު ތަޞްދީޤުކުރެއްވުމާއެކު، ފަޅުރަށްރަށުގެ ކުލި ބޮޑުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް ލިބިއްޖެ

އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު އެކަށައެޅުމުގެ ބާރު ރައީސް އަށް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ވަކި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަޙައްދުތައް އެކިއެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ "ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބ…

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ބުކިންގ ޕްލެޓްފޯމުތަކާއި އޭޖެންޓުން ފޯރުކޮށްދޭ ޓޫރިޒަމް ޕްރޮޑަކްޓްތަކުން ޓެކްސް ނެގޭގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބ…

Loading fresh headlines…