Live 203,883 stories Updated Nov 4, 2026
Showing: SUN
Browse topics SUN

SUN

Live feed

ތަސްކީން 19

04 Nov 2026, 08:21 "ތެންކިއު...." ޒަރޫން އެއްޗެހިތައް ބަހައްޓައިފައި ހަމަޖެހުލުމާ އެކު ނަހާ ބުނެލިއެވެ. ޒަރޫން ދިޔައީ ދާން ބޭނުންވެގެންނެއް ނޫނެވެ. އޭނާގެ ހިތް އެދުނީ ނަހާގެ ގާތުގައި މަޑުކުރުމަށެވެ. އެހެންނަމަވެސް، މަދުކުރުމަށް އުޒުރުވެރިވީ އެކަމުން ނަހާއަށް އުނދަގޫވެދާނެތީއެވެ. ނަހާ ހުންނާނީ އަރާމުކޮށްލަން ވެސް ބޭނުންވެފައެވެ. ޔޫލިއާ ވެސް ޔުނިވަރސިޓީއިން ނިމިގެން އަންނާނެކަމުގައި ނަހާ އޮތީ އޭނާގެ ކައިރީގައި ބުނެފައެވެ. ތިރިއަށް ގޮސް ޒަރޫންއަށް ޖެހުނީ ޓެކްސީއެއް ނަގާށެވެ. ސައިކަލު ހުރީ ހޮސްޕިޓަލ…

ޓައިގާއަށް ދިން ބަޑީގެ ޙަމަލާގެ ނާޖާއިޒު ފައިދާ އެހެން ބަޔަކު ނަގަނީ؟

04 Nov 2026, 08:24 ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް ދިރިއުޅޭ މުމްބާއީގެ ޖުހޫ ސަރަޙައްދުގެ އެޕާޓްމަންޓް ބޭރަށް ދާދިފަހުން ބަޑީގެ ޙަމަލާތަކެއް އަމާޒުވެ، ސިނަމާ އިންޑަސްޓްރީގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، އެކްޓަރު ތުޝާރު ކަޕޫރަށް ފަސް ކްރޯޑް ރުޕީސް ދެއްކުމަށް އަންގައި ނުރައްކާތެރި އިންޒާރެއް ދީފިއެވެ. މި އިންޒާރު ދީފައި ވަނީ ނުފޫޒުގަދަ ގޭންގްސްޓާރެއް ކަމަށްވާ ހަރީ ބޮކްސާގެ ނަމުގައި ކަމަށް ވީނަމަވެސް، ބެލެވޭ ގޮތުގައި މިއީ މި ދަނޑިވަޅުގައި އުފެދިފައިވާ ބިރުވެރިކަމުގެ ނާޖާއިޒު ފައިދ…

ދިޔާ މިރްޒާގެ ދީވާލީ ވީޑިއޯ އަލުން އަޕްލޯޑުކުރަން ބޮމްބޭ ހައިކޯޓުން އަމުރުކޮށްފި

04 Nov 2026, 08:27 ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދީވާލީ ފާހަގަކުރުމަށް އިލްތިމާސްކޮށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޔާ މިރްޒާ ތައްޔާރުކުރި ހޭލުންތެރިކަމުގެ ވީޑިއޯ ސޯޝަލް މީޑިއާއިން ނެގި މައްސަލައިގައި ބޮމްބޭ ހައިކޯޓުން ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ވީޑިއޯ ވަގުތުން އަލުން އަޕްލޯޑުކުރުމަށް އަމުރުކޮށްފިއެވެ. އިންޑިއާގައި އެންމެ ގިނަ ބަޔަކު ފޯރީގައި ފާހަގަކުރާ މި ފެސްޓިވަލްގެ ތެރޭގައި ވައި ނުސާފުވުމާއި އަޑުގަދަވުން ކުޑަކުރުމަށް ބާރުއަޅައި ދިޔާ މިރ…

އޭއައި މޮޑެލްތައް އަމިއްލައަށް ތަރައްޤީވާން މަސައްކަތް ފަށައިފާނެ ކަމުގެ އިންޒާރު ދީފި

04 Nov 2026, 08:29 އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އަމިއްލައަށް ތަރައްގީވެ، އެތަކެތީގެ ކުރިއެރުން ހީނުކުރާހައި ބާރުމިނުގައި އަވަސްކުރަން ފަށައިފާނެ ދަނޑިވަޅަކާ ގާތްވެފައިވާ ކަމަށް އޭއައި ދާއިރާގެ މަޝްހޫރު ކުންފުނި އެންތުރޯޕިކުން އިންޒާރު ދީފިއެވެ. މި އިންޒާރު އެ ކުންފުނިން ދީފައި ވަނީ އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ހުށަހެޅި އައިޕީއޯ ފައިލިންގްގެ އިސްލާހުގައެވެ. އެންތުރޯޕިކުން ހުށަހެޅި ފޯމް އެސް-1 ގެ ފުރަތަމަ އިސްލާހުގައި ބުނެފައިވަނީ، ކުރިއަށް …

ޗައިނާގެ ބައިޑޫ ކުންފުނިން ރޮބޯޓެކްސީތައް ތަމްރީނުކުރުމަށް އޭއައި މޮޑެލެއް ތައާރަފުކޮށްފި

03 Nov 2026, 23:35 ޗައިނާގެ ބައިޑޫ ކުންފުނިން ރޮބޯޓެކްސީތައް ތަމްރީނުކުރުމަށާއި މަގުމަތީގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޚާއްޞަކޮށްގެން އުފެއްދި އޭއައި ސިސްޓަމް "އެޕޯލޯ ވޯލްޑް" މިއަދު ތައާރަފުކޮށްފިއެވެ. މި ސިސްޓަމް ތައާރަފުކޮށްފައިވަނީ އަމިއްލައަށް ދުއްވާ އުޅަނދުތައް (އޮޓޮނޮމަސް ވެހިކަލް) ތަރައްގީކުރުމުގެ ޚަރަދު ކުޑަކުރުމަށް ކާރު އުފައްދާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެޕޯލޯ ވޯލްޑް ސިސްޓަމަށް ދުވާލަކު 100،000 ކިލޯމީޓަރު (62،000 މައިލް) އާ ހަމައަށް ދުއްވުން…

ނޮވެންބަރު ތިނެއްގައި ދުޝްމަނުންނާ ކުރިމަތިލުމަށް ސިފައިންގެއިން ނިކުމެވަޑައިގެންނެވި ފަސް ބޭފުޅަކަށް އައްޑަނަ

03 Nov 2026, 23:47 ނޮވެންބަރު ތިނެއް، 1988ގައި ދުޝްމަނުންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލުމަށް ރެކީ ޕެޓްރޯލަށް ސިފައިން ގެއިން ނިކުމެވަޑައިގެންނެވި ފަސް ބޭފުޅަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އައްޑަނަ ހަވާލުކޮށްދެއްވައިފިއެވެ. މިރޭގެ ރަސްމިއްޔާތުގައި އައްޑަނަ އެރުވީ، ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެން ނުވަ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅުންނަށެވެ. އޭގެ ތެރެއިން ޝަހީދުވި ތިން ސިފައިންނާއި އާންމުންގެ ހަނދާނަށް މިދިޔަ އަހަރު ވަނީ އައްޑަނަ އަރުވާފައެވެ. މިރޭގެ ޖަލްސާ…

ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭކަން: މިނިސްޓަރު

03 Nov 2026, 22:30 ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ، ގައުމީ މަސްހަތަށް އިސްކަންދީ، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަން ޖެހޭކަން ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވާހަކަދައްކަވަން ފެއްޓެވީ، ގައުމުގެ ދިފާއުގައި ނޮވެންބަރު ތިނެއްގައި މަސައްކަތް ކުރެއްވި އެންމެންނަށް ވަކިވަކިން ޝުކުރު އަދާކުރައްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ގައުމީ ދިދަ މިނިވަންކަމާއެކު، މިއަދު ވިހުރެމުން އެ ދަނީ އެ ދުވަހު ދިވެހި ސިފަ…

އެމެރިކާގެ ތާއީދު ގެއްލިއްޖެނަމަ ދެން އަހަރެން ވާނީ އިސްރާއީލުގެ ބޮޑުވަޒީރަކަށް: ޓްރަމްޕް

03 Nov 2026, 22:43 ވޮޝިންޓަން (3 ނޮވެމްބަރު 2026): އެމެރިކާގައި ބާއްވާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ތާއީދު ގެއްލި، އެމެރިކާގެ ރައްޔިތުން އޭނާ މަތިން ފޫހިވާކަން ހާމަވެއްޖެނަމަ އިސްރާއީލަށް ހިޖުރަކޮށް އިސްރާއީލުގެ ބޮޑުވަޒީރަކަށް ވެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. "ފޮކްސް ނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އިސްރާއީލުގެ 99 އިންސައްތަ މީހުންގެ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ. އެމެރިކާގެ ރައީސުންގެ ތެރެއިން …

ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ފުރުސަތު ހުޅުވާލައިފި، 15،500 ރުފިޔާގެ މުސާރައެއް

03 Nov 2026, 22:51 ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި ވަޒީފާގެ ފުރުސަތު ހުޅުވާލައި ފުލުހުންގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން، ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ފަސް އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހަމަވާން ޖެހެއެވެ. މީގެ އިތުރުން ޝ…

މިނިވަންކަމަށް ހީނަރުކަން ނުގެނެސް، މާލިއްޔަތަށް ގެނެވޭނެ އިންގިލާބީ ބަދަލުތަކާ ދިވެހީން ކުރިމަތިލާންޖެހޭ: ރައީސް

03 Nov 2026, 23:25 ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަން ނާންނަކަން ކަށަވަރުވާ ގޮތަށް، ގައުމުގެ މާލިއްޔަތަށް ހެޔޮ އަސަރުކުރާނެ އިންގިލާބީ ބަދަލުތަކާ ދިވެހީން ކުރިމަތިލާން ޖެހޭ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތައް މިނިވަން ކަމާއެކު ކުރިއަރާ މަންޒަރު ބަލަން ނުތިބެ، އެންމެ ފުރަތަމަ ގައުމުގެ ފިކުރު ކުރިއަށް ނެރެން ޖެހޭ ކަމަށެވެ. "އަޅުގަނޑުމެންގެ ގައުމ…

ޣައްސާންގެ މެސެޖެއް: "ސިޔާދަތަށް އަސަރު ފޯރުވަނީ ހަމައެކަނި ހަތިޔާރަކުން ނޫން، ރައްކާވެ ތިބިއްޔާ ދަތުރެވެ."

03 Nov 2026, 22:02 އަދުގެ ދުނިޔޭގައި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަތްގަދަ ކުރަނީ ހަމައެކަނި، ކަނޑިބަޑިން ނޫން ކަމަށާއި، އެހެންކަމުން ރައްކާވެ ތިބެން ޖެހޭކަމަށް ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫން މިއަދު ވިދާޅުވެއްޖެއެވެ. ނޮވެންބަރު 3، 1988ގައި ދިވެހީންތަކަކާއި ލަންކާގެ ކުލީ ސިފައިންތަކެއް ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ތަޖުރިބާކުރެއްވި ޣައްސާން އެފަދައިން ވިދާޅުވީ، ނަސްރުގެ ދުވަހުގެ ހެޔޮ އެދުންތައް ހިއްސާކުރައްވައި އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ. އެ ހަމަލާ ދިންއިރު …

އަންހެނެއްގެ ޖީއެން ސައިކަލު ވަގަށް ނަގައި، ގެއްލުންދިން މީހަކު ޖަލަށް

03 Nov 2026, 22:18 އަންހެނެއްގެ ޖީއެން ސައިކަލު ވަގަށް ނަގައި، އެ ސައިކަލަށް އެކިވަރުގެ ގެއްލުންތައް ދީ ސިފަ ބަދަލުކުރި މައްސަލައިގައި ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށްލުމަށާއި ގެއްލުމުގެ ބަދަލު ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި ދައުވާކުރީ ކ. މާލެ، ހ. އަނަސަމް، ލުގުމާން އިސްމާޢީލްގެ މައްޗަށެވެ. މި މައްސަލައަކީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު މާލޭ މިރިޔާސްމަގުގައި ހުންނަ އަލްސަބާޔާ އަތަރު ފިހާރަ ކުރިމަތީގައި ޕާކްކޮށްފައި ހުއްޓާ އަންހެނެއްގެ ޖީއެން ސައ…

Loading fresh headlines…