Live 203,883 stories Updated Nov 3, 2026
Showing: SUN
Browse topics SUN

SUN

Live feed

ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމު ފުރިހަމައަށް ތައްޔާރު: ކެރިކް

03 Nov 2026, 12:19 ފަހަކަށް އައިސް މެންޗެސްޓާ ޔުނައިޓެޑަށް ކުރިމަތިވެފައިވާ މައްސަލަތަކާ އެކުވެސް ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފިއެވެ. މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކެރިކް ބުނީ އޭނާގެ ޓީމު މިހާރު އޮތް ހާލަތުން މިފަދަ މެޗަކާ ކުރިމަތިލާން ބޭނުން ނުވެދާނެކަމަށް ގިނަ ބަޔަކަށް ހީވިނަމަވެސް ޔުނައިޓެޑު އޮތީ މިމެޗާ ކުރިމަތިލާން ފު…

މަރުގެ ތުންފަތްމަތިން ޤައުމީ ޚިދުމަތަށް: 38 އަހަރު ފަހުން އަލިގަލަ ޙުސައިން މަނިކު ކިޔައިދެއްވި ނޮވެންބަރު 3!

03 Nov 2026, 10:47 އެ ބިރުވެރި ހާދިސާއަށް މިއަދު މި ވަނީ 38 އަހަރު ފުރިފައެވެ. ބޭރުފުށުން ފެންނަ ފެނުމަށް އެ އޭނާ ހަމަޖެހިގެން އިންނެވި ނަމަވެސް، އެ މޫނުމަތީގެ ކުލަވަރާއި ލޮލުގެ އިޝާރާތްތަކުން ހާމަކޮށްދެނީ މުޅިން ތަފާތު ވާހަކައެކެވެ. ފެންނަމުންދަނީ އެ ހިތާމަވެރި ވަގުތުތަކުގެ ސަބަބުން ވެރިވެފައިވާ ނުތަނަވަސްކަމާއި ސިހުމެވެ. އެ ދުވަހުގެ ބިރުވެރިކަމާއި ހިތްދަތި ހަނދާންތައް މިއަދުވެސް އޭނާގެ ހިތްވަށައިލާފައިވާ ކަހަލައެވެ. މިއީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަ ކުރައްވާފައިވާ ޙުސައިން މ…

ބޮޑު ޖަމާއަތުގައި ސިފައިން ކުރި ފަތިސްނަމާދާއެކު، 3 ނޮވެމްބަރުގެ ގާޑު މައުންޓުކުރުމާއި ދިދަ ޖެހުން ބާއްވައިފި

03 Nov 2026, 10:59 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދަށް ވަޑައިގަތުމުން އެ މައިދާނުން އެދެކަނބަލުންނަށް، މަރުހަބާ ދަންނަވާފަ…

ހުރިހާ މަސައްކަތެއް ނިމިފައިވާ ކޮޕީއާއެކު ނޫނީ ފިލްމުތައް ބަލައިނުގަންނަން އިންޑިއާގެ ސެންސަރު ބޯޑުން ނިންމައިފި

03 Nov 2026, 09:31 ފިލްމުތައް ސެންސަރު ކުރުމަށް ހުށަހަޅާއިރު، ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި އެންމެ ފަހުގެ "ފައިނަލް ކަޓް"އާއެކު ހުށަނާޅާނަމަ އެއްވެސް އުފެއްދުމެއް ބަލައިނުގަންނާނެ ކަމަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ)އިން އަންގައިފިއެވެ. މީގެއިތުރުން ފިލްމު އިސްތިހާރު ކުރުމަށް ބޭނުންކުރާ ނަންތަކާއި، ސިނަމާތަކަށް ގެންނަން އަމިއްލައަށް ކަނޑައަޅައި އިޢުލާނުކުރާ ތާރީޚުތަކަކީ ސެންސަރު ބޯޑަށް ބޯލަނބަންޖެހޭނެ ކަންކަން ނޫން ކަމަށްވެސް އެ ބޯޑުން ވަނީ ވަރަށް ސާފުކ…

ނޮވެމްބަރު 3ގެ ހާދިސާއިން ލިބޭ ފިލާވަޅަކީ ވެރިކަމުގެ ދަހިވެތިކަމުގައި ޤައުމަށް ޣައްދާރުވާން ފަސްނުޖެހޭނެކަން: ސިޔާމް

03 Nov 2026, 09:37 ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށް ވިސްނާލުމުން އެނގެނީ، ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކަށް ލިބޭ ކުޑަ ފުރުސަތެއްގެ ބޭނުން ހިފައިގެން ވެސް، ޤައުމަށް ޣައްދާރުވެ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގުމަށް ވެސް ފަސްނުޖެހޭނެކަން ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ނެރުއްވި ޚިޠާބުގައި ވަނީ، މި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނާއި އެމް…

އެ ބިރުވެރި އުދުވާން: މިއަދަށް އިބުރަތަކީ ކޮބާ؟

03 Nov 2026, 09:55 ތިނެއްް ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާއަށް މިއަދު 38 އަހަރު ފުރުނުއިރު، އުމުރުން ގާތްގަނޑަކަށް 35 އަހަރުން ދަށުގެ އެއްވެސް ދިވެހި ޒުވާނަކަށް އެ ބިރުވެރި ދުވަސް އަމިއްލަ ލޮލުން ދެކެ، ތަޖުރިބާކުރެވިފައެއް ނުވާނެއެވެ. އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅަށް މި ފުރެނީ 33 އަހަރެވެ. އޭނާއާއި އޭނާގެ ހަގަށް ތިބި އެއްވެސް ކުއްޖަކީ އެ ނުރައްކާތެރި ފަތިހުގެ ބަޑީގެ އަޑު އިވި، އެ ނާމާންކަން ތަހައްމަލުކުރި ކުދީންނެއް ނޫނެވެ. އެހެންކަމުން، އެ ދުވަސް ގާތުން ތަޖުރިބާކުރި އަޅުގަނޑާއި އަޅުގަނޑުގެ …

ބީޖޭޕީގެ ނުރުހުމުގެ ތެރެއަށް ބޮލީވުޑް ތަރިން: ފިކުރީ ކޯޅުމާއި ސިޔާސީ ފިއްތުންތައް

03 Nov 2026, 09:27 ތިމާވެށްޓާ ރައްޓެހި ގޮތަކަށް ދިވާލީ ފާހަގަކުރުމަށް ގޮވާލައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޔާ މިރުޒާ ބައިވެރިވި ހޭލުންތެރިކުރުމުގެ ކެމްޕޭން، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ނުރުހުމާ ގުޅިގެން މުންބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)ގެ ރަސްމީ މީޑިއާތަކުން ކުއްލި ގޮތަކަށް ނަގައިފިއެވެ. ބީޖޭޕީގެ މުމްބާއީ ގޮފީގެ ވެރިޔާ އަމީތު ސަތަމްގެ ޝަކުވާއަކާ ގުޅިގެން މުންބާއީގެ މޭޔަރު ރީތޫ ތާވްޅޭ ވަނީ، ދިޔާ މިރުޒާގެ މެސެޖަކީ ހިންދޫ ދީނުގެ އަސާސްތަކާއި ފިކުރާ ދެކޮޅު ވިސްނު…

ދިލްޖީތުގެ އިންދޯރު ޝޯއަށް ބޮމުގެ އިންޒާރެއް: އައިއީޑީ ގޮއްވާލާނެ ކަމަށް ބުނެ ބިރުވެރި މެއިލްތަކެއް

03 Nov 2026, 09:29 އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް، މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ކޮންސަޓަށް އަމާޒުކޮށް ބޮމުގެ ނުރައްކާތެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބިއްޖެއެވެ. ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ޝޯގެ ތެރޭގައި އައިއީޑީއެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ އިންދޯރުގެ އަމިއްލަ ތިން ސްކޫލަކަށާއި އެ ސިޓީގެ މޭޔަރުގެ އޮފީހަށް ފޮނުވި އީމެއިލްތަކެއް މެދުވެރި…

ވޯލްޑް ސްޓްރޯކް ޑޭ އާ ގުޅިގެން ބޭއްވި ހޭލުންތެރިކުރުމުގެ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ

02 Nov 2026, 22:58 ސްޓްރޯކަށް ހޭލުންތެރިކުރުވުމާ ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ އިތުރުން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗް ގުޅިގެން އާޓިފިޝަލް ބީޗުގައި ބޭއްވި ވޯލްޑް ސްޓްރޯކް ޑޭ ހޭލުންތެރިކުރުމުގެ ހަރަކާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ. ސިއްހީ ދާއިރާގެ އެކި ބައިވެރިން އެއްތަންވި އެ ހަރަކާތް ކުރިއަށް ގެންދިޔައީ ނިމުނު މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ހަރަކާތަކީ ސިއްހީ މާހިރުންނަށް އާންމުންނާ ބައްދަލުކޮށް، ސްޓްރޯކްގެ އަލ…

"އެމްޑީޕީގެ ދެން އޮތް އަމާޒަކީ ވިޔަފާރިވެރިން އުފެއްދުން؛ މިދިޔަ ސަރުކާރުން ތޮއްޑޫގައި 80 ވިޔަފާރިވެރިން އުފެއްދި"

02 Nov 2026, 23:12 މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، އއ. ތޮއްޑޫގައި އެކަނިވެސް 80 އަށްވުރެ ގިނަ ގެސްޓުހައުސް ވިޔަފާރިވެރިން އުފައްދާފައި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ. އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ޔައުގޫބު ވިދާޅުވީ އެމްޑީޕީގެ ވޭތުވެދިޔަ ވެރިކަންތަކުގައި އަސާސީ އަދި ފިޒިކަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ފެނާއި، ނަރުދަމާ، ކަރަންޓު އަދި ބަނދަރު ފަދަ ވަސީލަތްތައް ރާއްޖޭގެ ގާ…

ޔޫރަޕުގެ ސުޕާމާކެޓުތަކުގެ ފްރިޖުތަކަށް ސައިބާ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފި

02 Nov 2026, 22:00 ޔޫރަޕުގެ ގިނަ ގައުމުތަކެއްގެ ސުޕާމާކެޓުތަކުގައި ބަހައްޓާފައި ހުރި ފްރިޖުތަކާއި ފްރީޒަރުތަކުގެ ފިނިހޫނުމިން ކުއްލިއަކަށް މަތިކޮށް، ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުކޮށްލި ނުރައްކާތެރި ސައިބާ ހަމަލާއެއް ޔޫރަޕުގެ އެކި ކަންކޮޅުތަކަށް ފެތުރެން ފަށައިފިއެވެ. މި ހަމަލާގައި ސްވިޑަން، ބެލްޖިއަމް، ލަގްޒެމްބާގް އަދި އަޔަލޭންޑްގެ ސުޕާމާކެޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަހޯލްޑް ދެލްހައިޒް، ކޮލްރައިޓް، ސްވިޑަންގެ އައިސީއޭ އަދި ކޫޕް ފަދަ މަޝްހޫރު ނެޓްވޯކްތަކުގެ ފިހާރަތައް ހިމ…

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފި

02 Nov 2026, 22:12 ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހައްޔަރުކޮށްފިއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ. https://x.com/PoliceMv/status/2117303182988894668 އަބްދުއްﷲ ޝާހިދަކީ ޚާރިޖީ ސިޔާސަތާއި، ޤާނޫނުހަދާ މަޖިލީހުގެ ހިންގުމާއި، އަދި ބައިނަލްއަޤްވާމީ ލީޑާޝިޕްގެ ދާއިރ…

Loading fresh headlines…