Live 203,883 stories Updated Nov 2, 2026
Showing: SUN
Browse topics SUN

SUN

Live feed

މޫން ފްލާވަރ 25

02 Nov 2026, 09:05 "ތަހައްޖުދު ފަޖުރު އަދި ޒިކުރާއި ގުރުއާނުން ދުވަސް ފެށުމުން ދުވަހުގައި ބަރަކާތް ލައްވާނެއެވެ. އަދި ކަންނެތްކަން ފިލާނެއެވެ." *** ސިފްރާން އެ އަންހެންކުއްޖާގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރީ އުފާވެރިގޮތަކަށް ހިނިތުންވެލައިގެންނެވެ.މިފަހުން ހީލިޔަސް ހީވަނީ ގަދަކަމުން މަޖުބޫރުވެންހެންނެވެ. ނަމަވެސް ފޮޓޯއިން ފެންނަނީ ތަފާތު ރީތި ހިނިތުންވުމެކެވެ. ލޯވެސް ހިނިތުންވާފަދައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެ މޫނަށް ޖަމާވެފައިވާފަދައެވެ. އެހެން ސިފްރާން ހީލައިގެން ހުރިތަނެއް މިއިން ޒަ…

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

02 Nov 2026, 09:23 ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިލްވާން އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް ފަރުވާއަށް ވަޑައިގަތީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ސާފުވެފައިނުވެއެވެ. ރިލްވާން، ދިރާގުގެ ޗެއާމަން ކަމަށް އައްޔަންކުރީ 2014 ވަނަ އަހަރެވެ. ނަމަވެސް ޖެހިގެން އައި އަހަރުގެ ފެބުރުވަރީ މަހު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އޮސްޓްރޭލިއާގެ އާރުއެމްއައިޓީ ޔުނިވާސިޓީން ބިޒްނަސް …

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން: ޖޭއެސްސީން ޖަވާބުދާރީވާންޖެހޭނެ ކަމަށް ބުނެ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

02 Nov 2026, 09:27 ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާއި ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކޮށް، ފަހުން ދެ ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށާއި، އެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ. މިއީ ރައްޔިތުންގެ މަޖ…

އެމްޓީސީސީ ބަލިކޮށް ވެމްކޯއިން ފަސްވަނަ ފަހަރަށް ގައުމީ ތަށި އުފުލާލައިފި

02 Nov 2026, 01:42 ފައިނަލުގައި 3-1 ސެޓުން ކުލަބު އެމްޓީސީސީ ބަލިކޮށް، ކުލަބު ވެމްކޯއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލާލައިފިއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ކާމިޔާބުކޮށް ވެމްކޯއިން ގައުމީ ތައްޓާއި ގައުމީ ލީގުވެސް އުފުލާލީ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު އެވެ. ފައިނަލުގެ ކުރިން މި ދެ ޓީމު ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. އެގޮތުން ވެމްކޯ ގައުމީ މުބާާރާތުގެ ސެމީ ފައިނަލުގައި މޮޅުވީ ފަހަތުން އަރައެވެ.…

ލިވަޕޫލް ދަނޑުގައި އާސެނަލުން 14 އަހަރުވީ ރެކޯޑް މުގުރާލުމަށްފަހު ތިން ޕޮއިންޓުގެ ލީޑެއް

02 Nov 2026, 02:00 އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލުން ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދާ، 14 އަހަރުފަހުން ލިވަޕޫލުގެ ދަނޑުގައި ތާރީޚީ ރިކޯޑެއް ހަދައިފިއެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ވޭތުވެދިޔަ 14 އަހަރު ތެރޭގައި އާސެނަލަށް ލިވަޕޫލްގެ ދަނޑުގައި މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ލީގުގައި މި ހަފްތާގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ބްރައިޓަން އަތުން ބަލިވުމުގެ ފައިދާ އާސެނަލުން ވަނީ ހިފާފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ކުޅުނު 9…

އެމްޑީޕީގެ ގައުމީ މަޖިލީހުން ރެފަރަންޑަމަކަށް ގޮވައިލަން ފާސްކުރުމާ އެކު ޔާމީން: "އަޅުގަނޑުމެންނަށް މިވީ ކާމިޔާބު"

01 Nov 2026, 23:59 ރަސްމާލެ މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވައިލަން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް އެ ޕާޓީގެ ނިންމުމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. އެމްޑީޕީއިން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ، ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް ފާސްކޮށްފައެވެ. ގައުމީ މަޖިލީގު…

ރަސްމާލެ ޕްރޮޖެކްޓަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން: ނަޝީދު

01 Nov 2026, 22:40 ރަސްމާލެ ތަރައްގީކުރަން އަބޫދާބީގެ އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ. ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ކުރިން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިނުކުރުމަށް ގޮވާލައި ހުށަހެޅި ގަރާރަކަށް ބަހުސްކުރުމަށް މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަ…

ރަސްމާލެ މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

01 Nov 2026, 23:01 ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލުމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކުރީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ހުށަހެޅި ޚާއްސަ ގަރާރަކުންނެވެ. މި ގަރާރަކީ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީ…

10 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެމްޓީޑީސީގެ އައު އޮފީސް އިމާރާތް ހުޅުވައިފި

01 Nov 2026, 21:40 މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އައު އިމާރާތް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށްފައިވާ "އެމްޓީޑީސީ އޮފީސް ކޮމްޕްލެކްސް" އަކީ 6,194 އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ 10 ބުރީގެ އިމާރާތެކެވެ. މި އިމާރާތުގައި ބޭސްމަންޓް ޕާކިންއެއްގެ އިތުރުން ތިން ލިފްޓާއި ކޮންވެންޝަން ހޯލެއް ހިމެނެއެވެ. އެ އިމާރާތުގެ ބޭރު ފަރުމާކޮށްފައި ވަނީ އެއްކޮޅުން އަނެއްކޮޅަށް ބިއްލޫރި ޖަހައިގެންނެވެ. އެ އިމާރާތް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއ…

ދިރޭ މީދަލެއްގެ ސިކުނޑިއަށް އޭއައި ބޭނުންކޮށްގެން އިންޖެކްޝަން ޖެހުމުގެ ތަޖުރިބާއެއް ކޮށްފި

01 Nov 2026, 22:12 އެޕިލެޕްސީ ނުވަތަ ވާގި ނެތޭ ބަލިތަކާއި ސިކުނޑީގެ ނާރުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމަށް ސިކުނޑީގެ މަސައްކަތްތައް ދިރާސާކުރާ އެމެރިކާގެ ބަޔޯޓެކް ސްޓާޓްއަޕް "އެކްސިން ތެރަޕިއުޓިކްސް" އިން، ލެބޯޓްރީގެ ތަޖުރިބާތައް ރޭވުމުގެ އިތުރުން އަމަލީ ގޮތުން އެ މަސައްކަތްތައް ކުރުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ލިބިގެންވޭތޯ ބެލުމަށް ތަޖުރިބާއެއް ކޮށްފިއެވެ. ވަޔާޑް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަޖުރިބާގައި ބޭނުންކޮށްފައި ވަނީ ކެމެރާއާއި، ރޮބޮޓިކް އަތްތަކާއި، އ…

Loading fresh headlines…