Live 200,748 stories Updated Aug 28, 2026
Showing: SUN
Browse topics SUN

SUN

Live feed

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފުޅާކުރަން ރާއްޖެއިން ގޮވާލައިފި

28 Aug 2026, 13:32 ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުން ކުރާ މަސައްކަތް ފުޅާކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ. އިއްޔެ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އޯއައިސީގެ އެކްސްޓްރާއޯޑިނަރީ މީޓިންއަކީ، ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ޖަމިއްޔާގެ ބައްދަލުވުމެއްގައި އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި…

ރާއްޖޭގައި ހިނގި އެކްސިޑެންޓުން ފުރާނަ ސަލާމަތްކޮށް ދޭން އެހީވީ އަދާނީ: ޗައުދަރީ

28 Aug 2026, 13:36 ދިވެހިރާއްޖޭގައި ހިނގި ބޮޑު އެކްސިޑެންޓަކަށްފަހު އޭނާގެ ފުރާނަ ސަލާމަތްކޮށް ދޭން އެހީވީ, އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގޯތަމް އަދާނީ ކަމަށް، ސީޖީ ކޯޕް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު ވަރުން ޗައުދަރީ ވިދާޅުވެއްޖެއެވެ. އެންޑީޓީވީ ވޯލްޑް އަންވިކްޝާ ސަމިޓުގައި ވާހަކަދައްކަވަމުން ޗައުދަރީ އިއްޔެ ވިދާޅުވީ، ރާއްޖޭގައި އޭނާއަށް ވަރަށް ބޮޑު އެކްސިޑެންޓަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި އެ ހާދިސާއަށްފަހު އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައި، ޑޮކްޓަރުންނާއެކު ޕްރ…

ސައިންސް ބުނަނީ އެކަނި އިނދެ ކެއުން ރަނގަޅު ނޫން ކަމަށް

28 Aug 2026, 14:32 ކެއުމުގެ އާދަތަކަށް ގެންނަ ކުޑަ ބަދަލަކުން ހަށިގަނޑާއި ސިކުނޑިއަށް ގިނަގުނަ ފައިދާތަކެއް ލިބިދާނެއެވެ. އެހެން މީހުންނާއެކު ކެއުމުގައި ބައިވެރިވުމަކީ ޑިޕްރެޝަނާއި ޑިމެންޝިއާ ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. މިއީ ހަމައެކަނި ކެއުމުން ލިބޭ މީރުކަން އިތުރުކޮށްދޭ ކަމެއް ނޫނެވެ. މިއީ އުމުރު ދިގުކުރުމަށް ވެސް މަގުފަހިކޮށްދާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ އިކޮނޮމިކްސް އެންޑް ބިހޭވިއަރަލް ސައިންސް ޕްރޮފެސަރު ޖޭން-އެމަނުއެލް ޑި ނީވް ފާހަގަކުރި …

ހިޔާ ފުލެޓެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގުން: އަދި މީހުން ދެނެ ނުގަނެވޭ!

28 Aug 2026, 14:48 ހިޔާ ފުލެޓެއްގެ ބެލްކަނީގައި ޖިންސީ ގުޅުން ހިންގި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވީ، ހިޔާ ފުލެޓެއްގެ ބެލްކަނީގައި ދެ މީހަކު ބަދު އަޚުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ މީސްމީޑިއާގައި އާންމުވުމުންނެވެ. މިނެޓެއް ވެސް ހަމަނުވާ އެ ވީޑިއޯއިން ލަފާ ކުރެވޭ ގޮތުގައި އެ މީހުން އެ ކަން ކޮށްފައި ދުވާލުގެ ވަގުތުގައެވެ. މި މައްސަލައާއެކު، ފުލުހުން ފުރަތަމަ ބުނީ، ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެ…

ބައިނަލްއަޤުވާމީ ދަރިވަރުންނަށް ދޭ އިންޓާންޝިޕް ހުއްދަތައް ހިފަހައްޓަން އެމެރިކާއިން އަންގައިފި

28 Aug 2026, 15:13 އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ބައިނަލްއަޤުވާމީ ދަރިވަރުންނަށް ދޫކުރާ ބައެއް އިންޓާންޝިޕް މަސައްކަތުގެ ހުއްދަތައް ހިފެހެއްޓުމަށް ޔުނިވާސިޓީތަކަށް އަންގައިފިއެވެ. މި ގަވާއިދުތަކާ ހިލާފުވާ ކޮލެޖުތަކަށް ބިދޭސީ ދަރިވަރުން ވެއްދުމަށް ދީފައިވާ ސެޓްފިކެޓް ބާތިލުކުރާނެ ކަމުގެ އިންޒާރު ފެޑެރަލް ސަރުކާރުން ވަނީ ދީފައެވެ. މިދިޔަ ހޯމަ ދުވަހު ނެރުނު ފެޑެރަލް މެމޯގައި، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) ގެ ދަށުން ހިންގާ ސްޓޫޑެންޓް އެންޑް އ…

ކާބޯތަކެތި އުފައްދާ ކުންފުނިތަކުން އަޚުލާގީ މިންގަނޑު ހިފެހެއްޓުމަށް އިންޑިއާއިން ގޮވާލައިފި

28 Aug 2026, 15:27 ކާބޯތަކެތި އުފައްދާ ބައިނަލްއަގުވާމީ ކުންފުނިތަކުން އިންޑިއާއާއި ބޭރު ގައުމުތަކުގައި ވިއްކާ ތަކެތީގެ ނިއުޓްރިޝަން މިންގަނޑުތައް ތަފާތު ނުކުރުމަށާއި، އަޚުލާގީ ގޮތުން ޒިންމާދާރުވުމަށް އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރު ތުކާރާމް މުންދޭ ގޮވާލައްވައިފިއެވެ. ރޮއިޓާސްއިން ދާދި ފަހުން އާންމުކުރި ރިޕޯޓަކާ ގުޅިގެން މުންދޭ ވިދާޅުވި ގޮތުގައި، ކުންފުނިތަކުން ހަމައެކަނި ގާނޫނީ މިންގަނޑުތަކަށް ތަބާވުމުގެ ބަދަލުގައި އަޚުލާގީ މިންގަނ…

ޓެލެގްރާމް ގްރޫޕުގައި ބަރަހަނާ ފޮޓޯ ޕޯސްޓް ކުރި މީހުން ޖޫރިމަނާކޮށް ޖަލަށް

28 Aug 2026, 15:39 ޓެލެގްރާމު ގުރޫޕުގައި ގިނަ އަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުން ދިޔަ މައްސަލައިގައި ތިން މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލަތަކާ ގުޅިގެން ޖަލަށްލާން ހުކުމްކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީ…

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަަވެރިކަމުގެ ތަޅުދަނޑި، އެ މީހުންނަށް އެހީވޭ: ޚުތުބާ

28 Aug 2026, 13:10 މައިންބަފައިންނަށް އެހީވުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަން ހަނދާންކޮށްދީ، އެ މީހުންނަށް އެހީވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. މިއަދު އިއްވި ޚުތުބާގައި އަލިއަޅުވާލީ، މުޖުތަމައުގައި ހިނގާ ނޭދެވޭ މައްސަލަތަކުގެ މައްޗަށެވެ. އެއް ކަމަކަށް ޚުތުބާގައި ފާހަގަކުރީ، މުސްކުޅި މައިންބަފައިންނަށް އޯގާތެރިނުވާ ކަމެވެ. މިގޮތުން، މައިންބަފައިން އެ މީހުންނަށް އިހުސާންތެރިވުމަކީ މާތް ﷲ އިންސާނާއަށް ކުރައްވާފައިވާ ވަސިއްޔަތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އެ މީހުން…

އެޕަލްގެ ފުރަތަމަ ފަށްޖެހޭ ފޯނާއެކު ސްމާޓްފޯނު މާކެޓަށް ބޮޑު އިންގިލާބެއް

28 Aug 2026, 13:14 އެޕަލް ކުންފުނިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ފުރަތަމަ ފަށްޖެހޭ ފޯނު، "އައިފޯން އަލްޓްރާ" އަދި ރަސްމީކޮށް ލޯންޗު ނުކުރި ނަމަވެސް، އެ ފޯނުގެ ސަބަބުން މުޅި ސްމާޓްފޯނު އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އަންނަ މަހު މި ފޯނު ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނައިރު، ފަށްޖެހޭ ފޯނުތަކަށް އޮތް ޑިމާންޑާއި ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އައިފޯން އަލްޓްރާއާ ވާދަކުރުމަށްޓަކައި އެހެން ކުންފުނިތަކުން ދަނީ އެ ކުންފުނިތަކުގެ އާ ފަށްޖެހޭ ފޯ…

ނޯވޭގެ ރަސްގެފާނު ހަރަލްޑް އަވަހާރަވެއްޖެ

28 Aug 2026, 13:29 ނޯވޭގެ ތަހުތުގައި ތިން ދަހަރަށް ވުރެ ގިނަ ދުވަހު ހުންނެވި އެ ގައުމުގެ ރަސްގެފާނު ހަރަލްޑް ފަސްވަނަ، އުމުރުފުޅުން 89 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. ނޯވޭގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރަސްގެފާނު އަވަހާރަވީ އޮސްލޯ ޔުނިވާސިޓީ ހޮސްޕިޓަލުގައި މިއަދު ހެނދުނު 06:35 ގައެވެ. ލޭގައި އުފެދުނު ބެކްޓީރިއަލް އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ރަސްގެފާނު އަވަހާރަވުމާއެކު، އުމުރުފުޅުން 53 އަހަރުގ…

ކުރިއަށް އޮތް ތިން މަހު، އާންމު މިންވަރަށް ވުރެ ހޫނުމިން މަތިވާނެ: މެޓް

28 Aug 2026, 11:57 އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ. އަންނަ އަންގާރަ ދުވަހު ފެށޭ، ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ ނޮވެންބަރުގެ ނިޔަލަށް މޫސުން ލަފާކުރާ ގޮތުގެ ބަޔާނެއް މެޓުން ވަނީ ނެރެފައެވެ. އެ ބަޔާނުގައި ބުނި ގޮތުގައި، ކުރިއަށް އޮތް ތިން މަހު، މުޅި ރާއްޖޭގެ ހޫނުމިން ހުންނާނީ އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތީގައި ކަމަށެވެ. އެ މުއްދަތުގައި އުތުރާއި މެދުރާއްޖެތ…

'ޕޮލްކާ ޑޮޓްސް'ގެ ކުރެހުންތަކުން ދުނިޔެއަށް މަޝްހޫރުވި ޖަޕާނުގެ ފަންނުވެރިޔާ ޔަޔޯއީ ކުސާމާ މަރުވެއްޖެ

28 Aug 2026, 10:42 "ޕޮލްކާ ޑޮޓްސް" ނުވަތަ ބޮޑެތި ތިކިތަކުގެ ހާއްސަ ކުރެހުންތަކުން ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖަޕާނުގެ މަޝްހޫރު ކުރެހުންތެރިޔާ ޔަޔޯއީ ކުސާމާ، އުމުރުން 97 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ ސްޓޫޑިއޯއިން އިއްޔެގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ކުސާމާ މަރުވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ޓޯކިޔޯގެ ހޮސްޕިޓަލެއްގައެވެ. "އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކާ ހަމައަށްވެސް، ފަންސުރާއި ފިހި ދޫކޮށްނުލައްވައި، ލޯތްބާއި ރޫޙާނީ ފުނ…

Loading fresh headlines…