އެކްސިނޮސް 2500 ޗިޕްސެޓާއެކު ގެލެކްސީ އެސް26 އެފްއީ ބާޒާރަށް ނެރެފި
28 Aug 2026, 10:43 ސެމްސަންގް ކުންފުނީގެ ގެލެކްސީ އެސް26 ސީރީޒްގެ އައު "ފޭން އެޑިޝަން" (އެފްއީ) ފޯނު ކަމަށްވާ "ގެލެކްސީ އެސް26 އެފްއީ" ދުނިޔޭގެ ބައެއް މާކެޓުތަކަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ފޯނު ސެމްސަންގްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް ދުނިޔޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ފޯނު ބާޒާރަށް ނެރެނީ ބްލޫބެރީ، ގްރެފައިޓް އަދި ޕިސްޓާޗިއޯ ހިމެނޭހެން ތިން ކުލައެއްގައެވެ. ފޯނުގެ އަގުތަކަށް ބަލާއިރު، 8 ޖީބީ ރެމް އަދި 128 ޖީބީ ސްޓޯރ…