Live 4,863 stories Updated Jul 19, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ޕީއެންސީގެ އެތެރޭގެ އިންތިހާބު: ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެ ޕާޓީން ނަގައިފި

ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވަނިކޮށް، ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި އެ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައިފިއެވެ.

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ ބްލެކްމެއިލް ކުރި މައްސަލަ ސުޕްރީމް ކޯޓަށް

އޮރިޔާން ކާޑު ހުރި ކަމަށް ބުނެ, ބިރުދައްކައިގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހާގެ މައްސަލަ، ދައުލަތުން އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ އަގުތައް 9.3 އިންސައްތަ އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ އަގުތައް ބޮޑުވެ، ރާއްޖޭގެ ދަތުރުފަތުރުގެ އިންފްލޭޝަން މިދިޔަ މެއި މަހު 9.3 އިންސައްތަ އުފުލިއްޖެއެވެ.

ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްޠީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް 2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމްގައި ރާއްޖެއިން ގޮވާލައިފި އެވެ.

ޝާހިލްގެ ދެ މައްސަލައެއް ހައި ކޯޓުގައި އަނެއްކާ ވެސް އިސްތިއުނާފުކޮށްފި

2022 ވަނަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާތަކެއްދީ އަނިޔާ ވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކުރި …

ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުން: ނިމެން ގާތްވެއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފި އެވެ.

އާބިދުގެ މައްޗަށް ބިދޭސީ ވެއިޓަރު މަރާލި މައްސަލަ ސާބިތުވެއްޖެ

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ޕާކިސްތާން ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެއެވެ.

Loading fresh headlines…