އަސާސީ ބާވަތްތައް އެސްޓީއޯ އިން ހެޔޮ އަގުގައި ފޯރުކޮށްދޭނަން: ސައީދު
111 ރަށެއްގައި އޭޖެންޓުން މެދުވެރިކޮށް، އަދި ބާކީ 48 ރަށެއްގައި އޮގަސްޓު މަސް ނިމުމުގެ ކުރިން އަސާސީ 23 ބާވަތް އެސްޓީއޯ އޭޖެންޓުން މެދުވެރިކޮށް، ހެޔޮ އަގުގައި ފޯރު ކޮށްދޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.