ދަނޑުވެރި ނަފާ ލޯނު 54 ފަރާތަކަށް 20 މިލިޔަން ރުފިޔާ ދޫކޮށްފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނުގެ ގޮތުގައި މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާކަމަށް އެ ވުޒާރާއިން ބުނެފި އެވެ.