Live 3,125 stories Updated Mar 8, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ޕަވަރ ސްޓޭޝަނެއް ގާއިމްކުރަނީ

އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޤާއިމްކޮށް ނިންމުމަށް، ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއި، ފެނަކަ ކޯޕަރޭޝަނާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވައިގެ ދަތުރުފަތުރަށް އަރަމުންދާ ލޮޅުންތައް ކުޑަ ކުރަން ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށް!

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ބުރޫއެރުންތަކާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ކަމާގުޅޭ ވުޒާރާތަކާއި ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ބަންޑާރަ މިސްކިތް ހުރިތާ އައު މިސްކިތެއް ބިނާކުރުމާމެދު މަޝްވަރާކުރަން ބޭނުން: މިނިސްޓަރ

ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ނިންމުމުން އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއެކު އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގުޅީފަޅުން 2690 މީހުންނާ ރަޖިސްޓްރީ ހަވާލުކޮށްފި

މިހާތަނަށް އައިއިރު ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2690 ފަރާތަކަށް ގޯތި ދޫކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

50ށްވުރެ ގިނަ ޓޫރިސްޓު އެނދު ހިމެނޭ ރަށްތަކުގައި ޓޫރިސްޓު އިންފޯރމޭޝަން ސެންޓަރުތަކެއް

ލޯކަލް ޓޫރިޒަމް ތަރައްގީކޮށްފައިވާ ރަށްތަކުގެ ތެރެެއިން 50ށްވުރެ ގިނަ ޓޫރިސްޓު އެނދު ހުންނަ ރަށްތަކުގައި ޓޫރިސްޓު އިންފޯރމޭޝަން ސެންޓަރުތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތެޔޮ އަގުބޮޑުކުރުން ދޭހަވަނީ ޑްރައިވަރުންނަށް ދަތިކުރަން އިތުރުކުރި 'ބޮޅެއް'ގެ ގޮތަށް: ޑްރައިވަރުން

ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ސިލްސިލާކޮށް ޓެކްސީ ޑްރައިވަރުންނަށް ދަތިކުރަމުންދާ ދަތިކުރުމަށް އިތުރުކުރި ‘ބޮޅެއް’ ގެ ގޮތުގައި ކަމަށް މޯލްޑިވްސް ޑްރައިވަރސް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.

Loading fresh headlines…