Live 3,126 stories Updated Mar 6, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ސަޢޫދީ ސަފީރު ދެއްވި ރޯދަވީއްލުމުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދެއްވި ރޯދަވީއްލުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ޤައުމީ ޞިއްޙީ ލެބޯޓަރީ: އެމްއެފްޑީއޭއަށް ގެނެވޭ ބޮޑު ކުރިއެރުމެއް

ޤައުމީ ޞިއްޙީ ލެބޯޓަރީ ގާއިމުކުރުން ވެގެންދާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ) ގެ ހިންގުން ހަރުދަނާކުރުމަށް ގެނެވޭ ބޮޑު ކުރިއެރުމަކަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ދެ އިންތިޚާބު އެއްކޮށް ބާއްވަނީ ޚަރަދުތައް ބޮޑުވާތީ: މިނިސްޓަރު

އެއްދުވަހެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަނީ އެކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވާތީ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިޝާން

މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފިއެވެ.

ޖަލަށް 400 ގައިދީންގެ ޖާގަ މި 2 އަހަރުތެރޭ އިތުރުކޮށްފި

ޖަލަށް އިތުރު 400 ގައިދީންގެ ޖާގަ މި ދެ އަހަތުގެތެރޭގައި އިރުކޮށް، ކުރީ ސަރުކާރުގައި މާލެ ޖަލު އުވާލި މައްސަލައިގައި ދޫވި މީހުން އަނބުރާ ޖަލަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Loading fresh headlines…