Live 5,564 stories Updated Oct 27, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ޖިންސީ ގޯނާގެ މައްސަލަ ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ

ތިނަދޫ ސިޓީގައި ހިނގި ބަދުއަހްލާގީ އަމަލެއްގެ މައްސަލައިގައި އެ ކޯޕަރޭޝަނުގެ މުވައްޒަފަކަށް ކުށް ސާބިތުވެއްޖެނަމަ އޭނާއާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

"ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން ބައިނަލްއަޤްވާމީ ޤާނޫނުން ލާޒިމުކުރޭ"

ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ނުކަތާ މިންވަރަށް ލޯނު ނަގައި، އެމްޑީޕީން އޮތީ ގައުމު ލޫޓުވާލާފައި: ޝުޖާއު

ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ނުނަގާ މިންވަރަށް ލޯނު ނަގައި ގައުމު ލޫޓުވާލީ އެމްޑީޕީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަރްޔަމް މޫސާގެ މަރުގެ ދިޔައަށް އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ލ. ކައްދޫގައި މަރްޔަމް މޫސާ ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި މައްސަލާގައި، ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ވިލުފުށީ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ވެރިފިކޭޝަން މަރުހަލާ ނިންމައި އެ މީހުންނަށް ލިބުނު ޕޮއިންޓު ހިޔާވެހި ޕޯޓަލްގައި އާންމުކޮށްފިއެވެ.

އިޤްތިޞާދީ ރައްކާތެރިކަން ގެއްލޭގޮތަށް އަމަލެއްކުރުމަކީ ޖިނާއީ ކުށަކަށް ހަދަނީ

އިޤްތިޞާދީ ރައްކާތެރިކަން ގެއްލޭގޮތަށް އަމަލެއްކުރުމަކީ ޖިނާއީ ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ހުށަހެޅުމުން އެންމެނަށް އިންޝުއަރެންސް ދޭން ދިރާސާކުރަނީ

ރައްޔިތުންނަށް ނުލިބޭ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭތީ އެ ޚިދުމަތް ކަނޑާލަން ގޮވާލައި ޕެޓިޝަނެއް ހުށަހެޅުމުން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ގޮތް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމި…

ޕެނެޑޯލަށް ޖެހިފައި ތިއްބާ ވަޒީރުންގެ ކާރު އެލަވެންސް ބޮޑުކުރުމަކީ ލަދުވެތިކަމެއް: މީކާއިލް

ރައްޔިތުން ޕެނެޑޯލު ގުޅައަކަށް ޖެހިފައިތިބި ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ އާއި ވަޒީރުންގެ ކާރު އެލަވެންސް ބޮޑުކުރުމަކީ ލަދުވެތިކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު، މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޒިޔާދު ޕީއެންސީ މެންބަރުންނަށް: އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ

ކިތަންމެ ހިތްވަރެއް ހުއްޓަސް، އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Loading fresh headlines…