Live 4,881 stories Updated May 21, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ބީއެމްއެލްގެ "މާލީ ބަޣާވާތް" ޖިނާއީކަމެއްނެތްކަމަށް ބުނެ ފައިލްކޮށްފި

ބޭންކު ބޭންކް އޮފް މޯލްޑިވިސް އިން ކުރިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި "ބަޣާވާތް" ގައި ޖިނާއީ އެެއްވެސްކަމެއް ނެތިގެން އެ މައްސަލަ ފައިލްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ބުނެފިއެވެ.

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ޔޫރަޕިއަން ޔޫނިއަނުން އެހީ ދީފި

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް، އިއާދަކުރުމަށް ކުރިއަށްގެންދާ މަޝްރޫއަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 67 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނާޒިމްގެ އިތުބާރުނެތް މައްސަލައަށް އެއް ގަޑިއިރު، ޖަވާބުދޭން 10 މިނެޓު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ބާއްވާ ޖަލްސާ ކުރިއަށް ގެންދާނީ ޖުމްލަ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.

ބޮޑުތަކުރުފާނުމަގުގެ ތިން ސެގްމެންޓެއްގެ 400 މީޓަރު ޝީޓްޕައިލް ކޮށްފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމަންޓް2،3 އަދި 4 ގެ 400 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް ނިންމާލައި، %76 ފުރިހަމަކޮށްފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމުން އެމްޓީސީސީ 550،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ހއ. ބާރަށުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުން އެމްޓީސީސީން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާފައިވާތީ އެންވަޔަރްމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ 550,000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

Loading fresh headlines…