Live 4,884 stories Updated May 5, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑް އެމްއެމްއޭއިން ތައާރަފް ކުރަނީ

މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފިއެވެ.

މިނިސްޓަރ ވިދާޅުވާނީ ރަށްވެހިންގެ ރަޖިސްޓްރީ ހަދާނީ ސިޓީ ކައުންސިލުން ކަމަށް

ރަށްވެހިންގެ ރަޖިސްޓަރީއަކީ ސިޓީ ކައުންސިލުން ކޮށްދިނީމަ ކުރެވޭނޭ ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ދައްކާ ވާހަކަ އަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަ އެއްނޫން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ…

ފްލެޓްގެ ކަރަންޓަށް މައްސަލަ ދިމާވަނީ މަގު ކޮންނަ އިރު ކޭބަލް ތަކަށް ދިމާވާ ގެއްލުމުގެ ސަބަބުން: މުއްތަލިބް

ފަހި ދިރިއުޅުން ފްލެޓްގެ ކަރަންޓަށް މައްސަލަ ދިމާވަނީ މަގު ކޮންނަ އިރު މެއިން ކޭބަލް ތަކަށް ދިމާވާ ގެއްލުމުގެ ސަބަބުން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ތަރައްގީކުރުން: އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭންގޭ

ޗައިނާ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއަތަލިބް ވިދާޅުވެއްޖެއެވެ.

އެއްބާރުލުން އިތުރުކުރަން ލަންކާއާ އެކު މަޝްވަރާކުރައްވައިފި

ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަވައްޓެރި ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޕީ ވިޖިތަ ހޭރަތާ އެކު މަޝްވަރާކުރައްވައިފިއެވެ.

ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވޭ!

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.

Loading fresh headlines…