Live 5,570 stories Updated Oct 14, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

އެކްސިޑެންޓްތައް އިތުރުވާތީ ޓްރެފިކް ފުލުހުން ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަނީ

މިފަހަކަށް އައިސް އެކްސިޑެންޓުތަކުގެ މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޓްރެފިކް ޕޮލިހުން ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޓްރެފިކް ނިޒާމު ހަރުދަނާކުރަން ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

އެއްގަމު ދަތުރުފަތުރުގެ 93 ވަނަ މާއްދާގެ ދަށުން އެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ވިއްކާ މުދަލުގައި އަގު ނުޖަހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީ

ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނޭހެން އަގު ނުޖަހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

ފުއްގިރި މައްސަލައިގަ ޔާމީނަށް ހުކުމްކުރުން މިމަހު 29ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް މި މަހުގެ 29ވަނަ ދުވަހު އިއްވާ ގޮތަށް އަޑުއެހުން ތާވަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެޕާޓްމަންޓަކަށް ވަދެ، ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު 2 މީހަކު ހައްޔަރުކޮށްފި

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފިއެވެ.

ބީއެމްއެލްގެ އެހީގައި ފެށި "ދަ އައިލެންޑް ފެކްޓްރީ" ކާމިޔާބު ވިޔަފާރިއަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން، ނިޔާފް މުޙައްމަދު އިސްނަގައިގެން ފެށި "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ފަށައިފިއެވެ.

ފަހު މުޙުލަތެއްދީ މާރުކޭޓް އަޅާ ސަރަޙައްދު މާދަމާގެ ނިޔަލަށް ހުސްކުރަނީ

ފަހު މުޙުލަތެއްދީ މާރުކޭޓް އަޅާ ސަރަޙައްދު މާދަމާގެ ނިޔަލަށް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Loading fresh headlines…