ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރަކު ވަކިކުރި ޚަބަރު ދޮގުކޮށްފި
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިނުކޮށްގެން ސަފީރަކު މަގާމުން ވަކިކުރި ކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.