Live 5,570 stories Updated Oct 9, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ނުހޯދި ތިބި 800 އަށްވުރެ ގިނަ ބިދޭސީން ހޯދަނީ

ރާއްޖޭގައި އުޅޭ ބިދޭސީންގެ ފިންގަރޕްރިންޓް އާއި ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ހޯދިފައިނުވާ 800 އެއްހާ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް އާޒިމް ކުށްވެރިކުރައްވައިފި

"ސަރުކާރުގެ ހިދުމާތު މަރުކަޒު" ތަކަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކަން ކުށްވެރިކުރައްވައިފިއެވެ.

ޕްރައިމަރީ ކެންޑިޑޭޓުން ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވުމެއް: ނަޝީދު

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އިން ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިއުލާން ކުރައްވަމުން ގެންދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވ…

އީފާސް އަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާބަންދުގައި ހުޅުމާލޭގައި ޚާއްސަ ހަރަކާތެއް

އީފާސް އަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޚާއްސަ މޮބައިލް ހެލްޕް ޑެސްކް ސެޝަންތަކެއް މި ހަފުތާ ބަންދުގައި ހުޅުމާލޭގައި ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

Loading fresh headlines…