Live 5,570 stories Updated Oct 9, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

މިމަހުގެ 11 އިން ފެށިގެން ޕާސްޕޯޓުގެ ހިދުމަތް އެއްވެސް ދަތިކަމަކާއި ނުލާ ލިބޭނެ: އިހުސާން

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓުގެ ހިދުމަތް އެއްވެސް ދަތިކަމަކާއި ނުލާ ލިބޭނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ޓެރަރިޒަމް މައްސަލައިގައި 3 ދައުވާއެއް ސާބިތުވެއްޖެ

ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ އައިއެސް ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން އެ ރަށުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި ރޭވުމުގެ ތުހުމަތުގައި އުފުލި ދައުވާތަކުގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ކުށެއް ނެތްކަމަށް ބުނެ، މަހާޒުގެ މައްސަލަ ފައިލްކޮށްފި

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހިންގި ތަހުގީގުގައި ޖިނާއީ ކުށެއްގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތްކަމަށް ނިންމާ އެ މައްސަލަ ފައިލްކޮށްފިއެވެ.

ސީއީއޯއިންނާއެކު ބޭއްވި ސިލްސިލާ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި

ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއެކު ކުރިއަށް ގެންދިޔަ ސިލްސިލާ ބައްދަލުވުންތައް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

"ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުން މުހިންމު"

ޒަމާނީ ވަސީލަތްތަކާއި ޚާއްޞަ ތަޖުރިބާކާރުންގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ.

ހުޅުމާލޭ ދުވާރުމަތީ ބަހައްޓާފައި ހުރި ގޮނޑި، މޭޒު ނަގަން އަންގައިފި

ހުޅުމާލޭގައި ހިންގާ ހޮޓާ، ރެސްޓޯރެންޓު، ކެފޭ އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި ދުވާރުމަތީގައޮ ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ގޮނޑި މޭޒުތައް އަންނަ މަހުގެ 8 ގެ ކުރިން ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

މޫޑީޒް އިން ރާއްޖޭގެ ރޭޓިންގ މަތިކޮށްފި

ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މޫޑީޒްއިން ތަޢުރީފްކޮށް ރާއްޖޭގެ ރޭޓިން މަތިކޮށްފިއެވެ.

Loading fresh headlines…