ޝެފް މަހާ ނަސީރުގެ ދިވެހި ރަހަތައް ބަންގްލަދޭޝްގެ ޓޫނާ ގާލާއަށް
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "ދަ ގްރޭޓް ޓޫނާ ގާލާ" ގައި، ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ވަނީ ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ލައިވްކޮށް ހުށަހަޅައިދީ، ރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތް ދައްކާލައިފައެވެ.