Live 5,570 stories Updated Oct 2, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

"އިޤްތިޞާދު ފުޅާކުރަން މިހާރަށް އެންމެ މުހިންމީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން"

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި، ވިޔަފާރިތައް ކުރިއަށްގެންދިއުމަށް، ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޮރޮކޯގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

ކިންގްޑަމް އޮފް މޮރޮކޯގެ 18 ވަނަ ބޮޑުވަޒީރުގެ މަޤާމަށް ފާޠިމާ އައްޒަހުރާ އަލްމަންޞޫރީ ޢައްޔަންކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އައިކެއަރ އިން ތިނަދޫގައި ކުރިއަށްގެންދިޔަ ކެޓަރެކްޓް ސާޖަރީ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އޭޖްޑް ކެއާ މޯލްޑިވްސް، އެޓްމޮސްފިއަރ ފައުންޑޭޝަން، އައިކެއަރ އަދި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ތިނަދޫ ސިޓީގައި ކުރިއަށްގެންދިޔަ ކެޓަރެކްޓް ސާޖަރީ އައި ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމަކީ ޓެކްސް ނިޒާމަށް ލިބުނު ކުރިއެރުމެއް: ވަޒީރު

މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް (އެމްޖީއައިއެސް) އަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މައުލޫމާތު އެއް ވިއުގައަކުން ލިބި، ދައުލަތުގެ މާލީ އިދާރާތަކާ ގުޅުވައިދޭ ވަރަށް މުހިންމު ވަސީލަތެއްކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޓެކްސް ދައްކަން ފަސޭހަކޮށްދިނުމަށް އެމްޖީއައިއެސް ތައާރަފްކޮށްފި

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" (އެމް.ޖީ.އައި.އެސް) ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ތިންވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދިވިދިގެން ތިންވަނަ އަހަރަށް ބާއްވާ "އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް މޯލްޑިވްސް (އިންޒެކް) 2026″ ގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Loading fresh headlines…