Live 4,836 stories Updated Aug 18, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ދައުރު ނިމޭއިރު މަސައްކަތްތަކުގެ ބާރުވެރިކަން ދިވެހިންނަށް ލިބޭނެ: ސަލީމް

ދައުރު ނިމިގެންދާއިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ހިމެނޭހެން އެކި މަސައްކަތްތަކުގެ ފުރިހަމަ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދިވެހިން ބިނާ ކުރުމުގެ ދާއިރާ، މި ސަރުކާރު އައި ފަހުން އެއްކޮށް އެ ފުނޑުނީ: ޝަމްހީދު

ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީ، ޒަމާނުއް ސުރެ ކުރިއަރަމުން އައިސް މި ސަރުކާރު އައި ފަހުން އެއްކޮށް އެ ފުނޑުނީ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ޓެކްސް 10 އިންސައްތަ އިތުރުކުރަނީ

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތަ އަށް އިތުރުކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ދިވެހި ވިޔަފާރިވެރިންނަށް ވާދަކުރެވޭނެ ހަމަހަމަ ފުރުޞަތެއް ކަށަވަރު ނުކޮށްދެވޭ: މަމްދޫޙް

ދިވެހި ވިޔަފާރިވެރިންނަށް ބޭރުގެ ވިޔަފާރިވެރިންނާ ވާދަކުރެވޭނެ ހަމަހަމަ ފުރުޞަތެއް ޤާނޫނަކުން އަދި ކަށަވަރު ނުކޮށްދެވޭ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.

އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި

"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ދެމެދު 50 އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސާކްގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސަކަށް ޑރ. އަސަދު

ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސްކަމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ ފުރަތަމަ ޕެއިން ސްޕެޝަލިސްޓު ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބްވެވަޑައިގެންފިއެވެ.

ފަގީރު ހާލަތުގައިވާ ފަރާތްތަކަށް އެންސްޕާއިން 17 މިލިއަންނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް، މުޖުތަމައުގައި ދަތި އުނދަގޫ އަދި ފަގީރު ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ އެޖެންސީން ހާމަކޮށްފިއެވެ.

Loading fresh headlines…