Live 4,855 stories Updated Aug 18, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

އިންޑޮނޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖެއިން ތަހުނިޔާ ފޮނުވައިފި

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑޮނޭޝިއާގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ސުޖިއޯނޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޓެކްސީ އެޕްގެ މައުލޫމާތު ލީކު ކުރި މައްސަލަ ފުލުހަށް ހުށަހަޅައިފި

"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަނުން މައުލޫމާތުތަކެއް ލީކުކޮށްލި ކަމަށް ތުހުމަތުވާ މުވައްޒަފުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ނެޝަނަލް ޕޭމަންޓް ސްވިޗް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ދޭން ފާސްކޮށްފި

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއިދޭ ބިލު ފާސްކޮށްފި

ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ފީއަށް ލުޔެއް ދިނުމަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދައުރު ނިމޭއިރު މަސައްކަތްތަކުގެ ބާރުވެރިކަން ދިވެހިންނަށް ލިބޭނެ: ސަލީމް

ދައުރު ނިމިގެންދާއިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ހިމެނޭހެން އެކި މަސައްކަތްތަކުގެ ފުރިހަމަ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Loading fresh headlines…