Live 4,855 stories Updated Aug 17, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ޓޫރިޒަމް ވިޔަފާރިން ޖީއެސްޓީ ނަގާ ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޓެކްސް ނެގޭ ގޮތަށް "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް ހުށަހެޅި އިސްލާޙުގެ ބިލު 70 މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ: ސީޕީ

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސްކީމްތަކުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްވައިފިއެވެ.

ދައުލަތުގައި ހިފެހެއްޓުމެއް ނެތްނަމަ ރާއްޖޭގައި ޑޮލަރު މައްސަލަ ހައްލެއް ނުވާނެ: ޝަމްހީދު

ދައުލަތުގައި ހިފަހެއްޓުމެއް ނެތްނަމަ ދިވެހި ރާއްޖޭގައި ޑޮލަރު މައްސަލައެއް ހައްލެއް ނުވާނެ ކަމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ހައްޖު ކިއުގެ މައްސަލައިގައި ހައްޖު ކޯޕަރޭޝަނުގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ޙައްޖަށް ދިއުމަށް ފައިސާ ދައްކައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކިއުގައި އެމީހުން ތިބި ހިސާބު ބަލައިލެވޭނެ އެއްވެސް ނިޒާމެއް ނެތުމާއި، އެއްވެސް ނުފޫޒެއް ނެތި ކިއު ކުރިއަށްދާކަން ކަށަވަރުނުކުރެވޭތީ އިތުބާރު ގެއްލެމުންދާ ކަމަށް ބުނެ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކަމާއި ބެހޭ ބޭފުޅުން ރައްޔިތުންގެ …

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

އިންޑޮނޭޝިއާގެ ފްލޯރެސް ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް، ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރެއްވި ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.

Loading fresh headlines…