Live 4,855 stories Updated Aug 12, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 51 އިންސައްތަ އިތުރުކޮށްފި

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފިއެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި އިހްމާލުވި ފުލުހުންނަށް ފިޔަވަޅު އަޅައިފި

އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: އިޙުސާން

ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށާއި، އެކަން އަމަލީގޮތުން ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ޝިފާއުގެ 109 އަހަރުގެ ޖަލު ހުކުމް ފަސްކުރަން ހައިކޯޓުން ދެކޮޅު

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ، ހުސައިން ޝިފާއުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ލޯކަލް ޓޫރިޒަމުން މުޖުތަމައަށް ކުރާ އަސަރުގެ މައްޗަށް ދިރާސާއެއް ހަދަނީ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގުޅިގެން، ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރުގެ މައްޗަށް ދިރާސާއެއް ހެދުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މާލޭގައި ވަގުތީ މާރުކޭޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭގެ ލޯކަލް މާރުކޭޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މާރުކޭޓުން ހުސްކުރަންޖެހޭ ގޮޅިތައް ބަދަލުކުރުމަށްޓަކައި ވަގުތީ މާރުކޭޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

Loading fresh headlines…