Live 4,855 stories Updated Aug 10, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

"ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026″ މި މަހު 14 އަދި 15 ގައި ބާއްވަނީ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި ހިނގާ އޮގަސްޓު މަހުގެ 14 އިން 15 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ވަތަނީ ޚިދުމަތް: 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފާއިވާ ފަރާތްތަކުގެ ތެރެއިން ނެޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިއެވެ.

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުގައި ބާއްވަން ހުއްދައަށް އެދިއްޖެ

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބާއްވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް ގެންދަން ފުލުހުންގެ ހުއްދައަށް އެ ޕާޓީން މިއަދު އެދިއްޖެއެވެ.

20 ވަނަ މަޖިލީހަކީ މިނިވަން މަޖިލީހެއް: މަމްދޫހު

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ 19 ވަނަ އެމްޑީޕީގެ މަޖިލީހާ ތަފާތުކޮށް، ޤައުމީ ވިސްނުމުގައި ހިނގާ 'މިނިވަން' މަޖިލީހެއް ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެ އެވެ.

ރިސޯޓްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ އިނގިރޭސިވިލާތުގެ ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Loading fresh headlines…