Live 4,855 stories Updated Aug 4, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ތަކެތީގެ އަގު ބޮޑު ކަމަށް ބުނާ ވާހަކަތަކަށް މިނިސްޓަރު ސައީދު ރައްދުދެއްވައިފި

ތަކެތީގެ އަގުބޮޑުވުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން "ދަތީގައި" ނަމުގައި އެމްޑީޕީން މުޒާހަރާ ކުރަން ނިންމާފައި ވާތީ އެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އެއްވެސް މަޝްރޫޢުއަކަށް އެއްބާރުލުމެއް ނުދޭ، ދަނީ ދަތިކުރަމުން

އައްޑޫސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީގެ އެއްވެސް މަޝްރޫޢުއަކަށް އެއްބާރުލުމެއް ނުދޭ ކަމަށާއި ކަޑައެޅިގެން ދަނީ ދަތިކުރަމުން ކަމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަރުކާރުން ފަށާފައި ހުރި މަސައްކަތްތައް ޖެހުނީ އަލުންފަށަން: މުއްޠަލިބު

އެމްޑީޕީ ސަރުކާރުން ފަށާފައިވާ ހުރިހާ މަސައްކަތްތަކެއް ވެސް މި ސަރުކާރަށް ޖެހުނީ އަލުންބަލުން ފަށައިގަންނަން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފަޅުތެރެއަށް ކުނި އެޅެމުންދާ މައްސަލައިގައި ކުޑޫގެ ކަނބޮޑުވުން ވެމްކޯއަށް!

ހުޅުމާލެ ފަޅުތެރެއަށް ކުނި އެޅެމުންދާ މައްސަލާގައި ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގެ ކަންބޮޑުވުމާ އެކު ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް އަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީ އިން މި މަހު 12 ގައި މާލޭގައި މުޒާހަރާ ކުރަން ނިންމައިފި

މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ވެރިރަށް މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.

Loading fresh headlines…