Live 4,859 stories Updated Jul 27, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ގައުމީ އިނާމު ދެނީ

ދުންފަތުގެ ވަބާއިން މީހުން ސަލާމަތް ކުރުމަށް އެހީވެދޭ ފަރާތްތަކަށް ހާއްސަ ކޮށްގެން އަންނަ އަހަރުން ފެށިގެން ގައުމީ އިނާމު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ

ހުއްދަނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކޮށް ބޭހެއް އެތެރެކުރި ފަރާތުގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ޤަވާއިދު އެކުލަވާލައިފިއެވެ.

ދައުލަތުގެ ޢިއްޒަތް 4 ބޭފުޅަކަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ޝަރަފު 4 ބޭފުޅަކަށް އަރުވައިފިއެވެ.

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި ހިތްތަކުގައި އަށަގެންނެވުން މުހިންމު: ސާޖިދާ

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި ހިތްތަކުގައި އަށަގެންނެވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު "ގޮނޑި ކޮއްކޮ" ހެން ގެންގުޅެފަ އެބަހުރި: ރައީސް

ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު "ގޮނޑި ކޮއްކޮގެ" އުސޫލުން ގެންގުޅެފަ އެބަހުރި ކަމަށާއި، އެއީ މި ގައުމުގެ ހާރިޖީ ސިޔާސަތު އޮންނަން ޖެހޭނެ ގޮތެއް ނޫން ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މިރޭ ޖުމްހޫރީ މައިދާނުގައި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތައް މިރޭ ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންބުނެފިއެވެ.

ގައުމުގައި މިނިވަންކަން ދެމެހެއްޓުމަށް އެންމެންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވޭ: ހީނާ

ގައުމުގައި މިނިވަންކަން ދެމެހެއްޓުމަށް އެނެމްންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އޯއައިސީއާ ދެމެދު އޮންނަނީ ހަރުދަނާ ގުޅުމެއް: ރައީސް

ދިވެހިރާއްޖެއާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި އާންމު އުޞޫލުން އޮންނަ އާދައިގެ ގުޅުމަކަށްވުރެ ހަރުދަނާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Loading fresh headlines…