Live 4,859 stories Updated Jul 26, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ތ.އަތޮޅުގައި 175 މިލިޔަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް ފަށަން ނިންމައިފި

ބްލޫ ސިނަޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން، "ތާ އައިލެންޑް ކްލަސްޓަރު ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޒުވާނުން ބާރުވެރިކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނާނެ: ރައީސް

ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއަށްވާއިރު، މިކަން ހާސިލުކުރުމުގައި ހުރި އެކި ގޮންޖެހުންތައް ގިރާކޮށް، މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ހުޅުމާލޭގައި”ސައްބީސް ކާނިވަލް“ގެ ނަމުގައި ހާއްސަ ކާނިވަލެއް ފަށައިފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަލް އިވެންޓްސް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ”ސައްބީސް ކާނިވަލް“ ނަމުގައި ހާއްސަ ކާނިވަލެއް ފަށައިފިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް، 2 ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، މިނިސްޓަރު އޮފް ސްޓޭޓް، އަދި ސައޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޑޮކްޓަރު މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ގޫގުލް ބިމުން ލިބެންޖެހޭ ކުލި އައްޑޫ ސިޓީ ކައުންސިލަށް ހޯދާނަން: ނިޒާރު

ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫޢުގެ ބޭނުމަށް ނަގާ ބިމުން އެ ސިޓީގެ ކައުންސިލަށް ކުލި ނަގާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…