Live 352,541 stories Updated Jul 9, 2026
Browse topics All stories

Latest stories

Live feed

މާފަންނު ދަނޑުގެ ބިމުގެ މައްސަލާގައި އޮއްޕޮގެ ކުންފުނިން ކޯޓަށް

ފުޓްބޯޅަ ދަނޑެއް އެޅުމަށް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ހަދާފައި ހުރި އިމާރާތެއް ހުސްކުރަން އެފްއޭއެމްއިން އެންގި މައްސަލައިގައި އެ އިމާރާތުގެ ވެރި ކުންފުނި ކަމަށްވާ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޒަކާތުގެ ދާއިރާ ކުރިއަރުވަން އިންސިފް ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތް ކުރަނީ

ޒަކާތުގެ ނިޒާމު ބެލެހެއްޓުމާއި އިޖުތިމާޢީ ފައިދާއަށް ހިންގާ މަޝްރޫޢުތައް ކުރިއެރުވުމަށް މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީއާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ، މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ގުޅިގެން، މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ މަތީ…

އެލައިޑުން ސީއޭ މޯލްޑިވްސްއާ ގުޅިގެން އެކައުންޓިން ދާއިރާ ކުރިއަރުވަނީ

ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއަރުވަން އެލައިޑް އިންޝުއަރެންސާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މާރާމާރީގެ މައްސަލައެއްގައި ސ.ހިތަދޫން ތިން މީހުން ހައްޔަރުކޮށްފި

މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސ. ހިތަދޫން ތިން މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކ…

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތި، ސަރުކާރުގެ ފަރާތުން އެކަށީގެން ބިލްތައް ވެސް ނުފޮނުވޭއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަޒީރުންނާ ކުރުމަށް ހުށަހަޅާފައިވާ 100 ސުވާލު އެބަ އޮތް ކަމަށާ އެކަމުގެ މަސައްކަތް ވެސް ނުހިނގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް…

ޚާމަނާއީގެ ހަށިކޮޅު ޢިރާޤުގެ ނަޖަފަށް ގެންގޮސްފި

އީރާނުގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު ޢަލީ ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އޭނާގެ ހަށިކޮޅު ޢިރާޤުގެ ނަޖަފަށް ގެންގޮސްފިއެވެ. ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ދިން ޢުދުވާނީ ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާ ޚާމަނާއީގެ ޖަނާޒާ އީރާނުގައި ފަށާފައި ވަނީ ޖޫން 3 ގައެވެ. އީރާނުގެ ބޭއ…

Loading fresh headlines…