ޒަރޫރީ މުދާ އެތެރެކުރާ ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށްދޭން ކަސްޓަމްސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ހަދަނީ
އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން، ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމްސްއާ ގުޅިގެން ވެރިފިކޭޝަން ނިޒާމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.