ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފައި ހުރި ތަންތަން ވެރިކަމަށް އައިސް އުވާލީ: ބޮންޑާ
ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފަ ހުރި ތަންތަން އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އުވާލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.