ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް އުޅޭކަން ޑަބްލިއުއެޗްއޯއަށް ފުރަތަމަ އެންގީ ރާއްޖެއިން: ހެލްތު މިނިސްޓްރީ
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑަޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗުތަކެއް އުޅޭކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓުކުރީ ރާއްޖެއިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.