ޕީއެންސީއަށް މެޖޯރިޓީ ދިނީ ރައްޔިތުން، މަޖިލީހުން ފެންނަނީ އެ ނަތީޖާ: އަބްދުއްރަހީމް
ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ސުޕާ މެޖޯރިޓީ ދިނީ ރައްޔިތުން ކަމަށާއި، މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި އެކި މައްސަލަތަކުގައި ގޮތް ނިންމަނީ ރައްޔިތުން ޕީއެންސީއަށް ދީފައިވާ އަޣުލަބިއްޔަތުން އެ ތާއީދު ލިބިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.