Live 340,442 stories Updated Apr 2, 2026
Browse topics All stories

Latest stories

Live feed

20 ކޯޓާއަށްވުރެ މަދުން ހުށަހަޅާނަމަ ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

ހުށަހަޅައިފައިވަނީ 20 ކޯޓާއަށް ކަމަށް ވާނަމަ ނުވަތަ އެޔަށް ވުރެ މަދު އަދަދެއްގެ ކޯޓާއަށް ކަމަށް ވާ ނަމަ، އެފަދަ ފަރާތަކުން ކޯޓާ ފީ ދައްކާކަށް ނުޖެހޭ ގޮތަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

އިންތިޚާބުތައް އެއްކުރުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނަން ޖެހެނީ، ރާއްޖޭގެ ވެރިކަން ހުދުމުހުތާރު ނިޒާމަކަށް ފުރޮޅާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒު 40 އަހަރު ވަންދެން ވެރިކަމުގައި ބަހައްޓަން ރައްޔިތުން ބޭނުންނުވާތީ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއ…

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ޖޫންގެ ނިޔަލަށް ނިންމަނީ

ބޮޑުތަކުރުފާނުމަގު ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފަވާކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަ…

ބޭރުން ގެންނަން އެދޭ ބޭސްތައް ގިނަވެގެން ދެ ހަފުތާ ތެރޭ ފޯރުކޮށްދޭނަން: ޝާހް

ރާއްޖެ އިން ބޭރުން ގެންނަން އެދި ބޭސް ސިޓީ ހުށަހަޅާތާ ގިނަވެގެން ދެ ހަފުތާ ތެރޭގައި ގެނެސް އަދި އިމަޖެންސީ ހާލަތެއް ނަމަ 24 ގަޑިއިރުގެ ތެރޭގައި އެ މީހަކަށް ފޯރުކޮށްދޭނެ ކަމަށް ބޭހުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އުފެއްދި ކުންފުނި، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެ…

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސަރުކާރުން އިންތިހާއަށް މަސައްކަތްކޮށް "ތެޅިފޮޅެމުން" ދަނީ ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މުޅި ސަރުކާރު ފެއިލްވެފައިވާތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އުނގޫފާރު ހޮސްޕިޓަލުން އާސަންދައިގެ ދަށުން ދިން 1.3 މިލިއަން ރުފިޔާގެ ހިދުމަތުގެ އިންވޮއިސް ހުރީ ނުހަދާ

އުނގޫފާރު ހޮސްޕިޓަލުން އާސަންދައިގެ ދަށުން ތިން އަހަރު ދިން ހިދުމަތްތަކުގެ ތެރެއިން 1.3 މިލިއަން ރުފިޔާގެ ހިދުމަތްތަކުގެ އިންވޮއިސް ނުހަދާ ހުރި ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިޚާބުތަކާ ގުޅުވައި، މުޅި ދައުލަތް ހުސް ކުރަމުން މިދަނީ އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލުވޭ: ޓްރަމްޕް

ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ ކަމަށާއި، ނަމަވެސް އެ ޤައުމު "އިހު ޒަމާނުގެ" ޙާލަތަށް ވައްޓައިލުމުގެ ގޮތުން ބޮން އެޅުން ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މަހެއްހާ ދުވަހަށް ދެމި…

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް'' ކަމަށާއި، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލައި ސަރުކާރު ބަލި ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓާއި އެފްޑީސީ ފްލެޓު އަޅާނުކިޔޭނެ، ކުލި ކުޑަކުރުމުގެ މަޝްވަރާއެއް ނެތް: ހަމްދާން

ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތައް އަޅާނުކިޔޭނެ ކަމަށާއި އެފްޑީސީ ފްލެޓުތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާއެއް ހިނގާކަން އެނގިވަޑައިގެންފައި ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…