Live 352,851 stories Updated Jun 26, 2026
Browse topics All stories

Latest stories

Live feed

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

މިހާރު ދައުލަތް ހިނގަމުންދަނީ ދައުލަތެއްގެ ސިފައިގައި ނޫންކަމަށާއި، ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ވިލާތުގައި އާދަޔާޚިލާފަށް ހޫނު ގަދަވެ 94 މިލިއަން މީހުން ނުރައްކަލަށް

ވިލާތުގައި އާދަޔާޚިލާފަށް ހޫނުގަދަވެ، އެ ބައްރުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 94 މިލިއަން މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ލަފާކޮށްފިއެވެ. ވިލާތުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ބޮޑަށް ހޫނުގަދަވެފައިވަނީ ފަރަންސޭސިވިލާތުގެ އިތުރުން ސްޕެއިންގައެވެ. އެ ދެ ޤައުމުގައި ހޫނުމ…

އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވައިފިއެވެ.

ތުރުކީން އެމެރިކާ ބަލިކޮށްފި، ދެވަނަ އޮސްޓްރޭލިޔާއަށް!

ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް ބާއްވާ އެއް ގައުމު އެމެރިކާގެ މައްޗަށް ތުރުކީން ކުރި ހޯދާ، ގްރޫޕްގެ ދެވަނަ އޮސްޓްރޭލިޔާ ހޯދައިފިއެވެ. މުބާރާތުން ކަޓާފައި އޮތް ތުރުކީން ގްރޫޕްގެ އެއްވަނަ އެމެރިކާގެ މައްޗަށް ކުރި ހޯދީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުން މޮޅުވެ، 3-2 ނެވެ. މެޗު ފެށިގ…

މަސްތުވާތަކެއްޗާ ދެކޮޅަށް، ޤާނޫނީ ބަދަލުތަކާއި ފަރުވާގެ ހަރުދަނާ ނިޒާމެއް

މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ. މިއީ ރާއްޖެއަށްވެސް އޮތް ބޮޑު އިޖުތިމާޢީ މައްސަލައެކެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމާއި ފަރުވާދޭ މަރުކަޒުތައް ޤާއިމުކުރުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ދަނީ…

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

އައްޑޫ ސިޓީގެ ލިންކްރޯޑާއި އެހެނިހެން މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ނުދަނީ، އެ މަޝްރޫޢު ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެ ގާބިލުކަން ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އައިވަރީ ކޯސްޓް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް

ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގެ ޖާގައެއް އައިވަރީ ކޯސްޓް އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ. އައިވަރީ ކޯސްޓް އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އީ ގެ ފަހު މެޗުގައި ރޭ ކުރަސާއޯ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެމެރ…

އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ: ރައީސް މުއިއްޒު

އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…