Live 340,498 stories Updated Apr 1, 2026
Browse topics All stories

Latest stories

Live feed

އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

ލޯކަލް ކައުންސިލް އިންތިހާބާއި، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް އެންމެ ތިން ދުވަހަށް ވެފައި ވަނިކޮށް، ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވުމަކީ އިއްތިފާގެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

އެއްބަސްވުމަކަށް ނާދެވުނަސް ދެތިން ހަފްތާ ތެރޭ އީރާން ހަނގުރާމަ ނިންމާލާނަން: ޓްރަމްޕް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެ ގައުމާ އެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަމުން އަންނައިރު އެކަން ކާމިޔާބު ނުވި ކަމުގައި ވިޔަސް ކުރިއަށް އޮތް 2-3 ހަފްތާ ތެރޭ ހަނގުރާމަ ނިންމާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

7 ހަފުތާއިން ޑިޒާބީ އަށް ޓޮޓެންހަމް ސަލާމަތް ކޮށްދެވިދާނެތަ؟

ރެލިގޭޓް ނުވެ ސަލާމަތް ވުމަށް މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމުގެ އައު ކޯޗަކަށް ރޮބާޓޯ ޑިޒާބީ ހަމަޖައްސައިފި އެވެ. އޭނާ ކޯޗުކަމާ ހަވާލުވިއިރު އެ ޓީމު އޮތީ 31 މެޗުން 30 ޕޮއިންޓާއެކު އިނގިރޭސި ޕްރެމިއާ ލީގުގެ 17 ވަނާގަ އެވެ. ޖުމުލަ 20 ޓީމު ވާދަ ކުރާ ލީގު ނިމޭއިރު އެންމެ ފުލަށްދާ ތިން ޓީމު ރެލިގޭ…

އަނެއްކާ ވެސް ވޯލްޑް ކަޕުން އިޓަލީ ކަޓައިފި، ބަލިވީ ބޮސްނިއާ އަތުން

ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން މަޝްހޫރު އިޓަލީ ކަޓައިފި އެވެ. ބްރެޒިލާއި ޖަރުމަނަށް ފަހު މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އަންނަ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ މުބާރާތަށް ކޮލިފައިނުވީ ބޮސްނިއާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-1އިން ބަލިވުމުނ…

24 އަހަރު ފަހުން ތުރުކީ ވޯލްޑް ކަޕަށް

24 އަހަރުން ފަހުން ތުރުކީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ. ޔޫރަޕުގެ އެންމެ ފަހު ހަތަރު ޖާގަ ލިބޭނެ ގައުމުތައް ކަށަވަރު ކުރަން ކުޅުނު ޕްލޭއޯފްގައި އިޓަލީ ކުރި ހޯދީ ކޮސޯވޯގެ މައްޗަށް 1-0އިންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ 53 ވަނަ މިނިޓްގައި ފެނަބާޗޭގެ ކަރީމް އަޓާކިގްލޫ އެވެ. މިއ…

އިޖުރާއީ ގޮތުން ބަލާނަމަ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ އިޖުރާއީ ކަންތައްތައް ފުރިހަމަވާ ބިލެއް ނޫން: ޝަމްސުލް ފަލާހު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ފާސްކުރި ބިލަކީ، އިޖުރާއީ ގޮތުން ބަލާއިރު ފުރިހަމަވާ ބިލެއް ނޫން ކަމަށް ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއް ކަމަށްވާ ޑރ. ޝަމްސުލް ފަލާޙު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

މާލެ ސިޓީ ކައުންސިލާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާ އެއް މާފަންނު ވެސްޓްޕާކް ސަރަހައްދުގައި ކުރިއަށް ދަނިކޮށް، އެ ސަރަހައްދުން ކަރަންޓު ކަނޑާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އަޅަން ފައިނޭންސް ކުރަނީ ސައުދީގެ ކުންފުންޏަކުން

އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާ އެކު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އަޅަން ފައިނޭންސް ކުރުމުގެ އެއްބަސްވުމެއްގައި ސަައޫދީ އަރަބިއްޔާގެ ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

Loading fresh headlines…