ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހަތަރު ރަށެއްގައި
ސްވިމް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ފެތުމާއި މޫދުކުޅިވަރު ކުރިއެރުވުމަށްޓަކައި 2019 ވަނަ އަހަރު އުފައްދާފައިވާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަަމިއްޔާއެކެވެ. ސްވިމް މޯލްޑިވްސް އިން މިހާތަނަށް ބާއްވަމުން އަންނަ އެންމެ ބޮޑު ހަރަކާތަކީ ފެތުމުގެ މުބާރާތްތައް ބޭއްވުމެވެ.