ފުލުހަކު މަރާލި މައްސަލަ: އަލުން މައްސަލަ ބެލުމަށް ފަހު ވެސް ސަމާހުގެ މައްޗަށް ކުށް ސާބިތުވެއްޖެ
ކ. ކާށިދޫގައި މީގެ 14 އަހަރު ކުރިން ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހުގެ މައްސަލަ ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ބެލުމަށް ފަހު ވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ނިންމައިފި އެވެ.