ބިދޭސީން ގެންނަން ވަރކްސައިޓް ރަޖިސްޓްރީއާ ކޯޓާ މަޖުބޫރުކޮށް ގަވާއިދަށް ބަދަލު ގެނެސްފި
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ވަޒީފާ އަދާކުރެވޭނީ ވަރކްސައިޓް ރަޖިސްޓްރީކޮށް، ކޯޓާ ހޯދުމާއި، ވަރކް ޕަރމިޓް ހޯދައިގެން ކަމަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ބަދަލުގައި ބުނެފި އެވެ.