Live 340,771 stories Updated Mar 27, 2026
Browse topics All stories

Latest stories

Live feed

ފުރަތަމަ ފަހަރަށް އެސްއެމްއީ ޑިޖިޓަލްއަށް މިނިވަން ޑިރެކްޓަރުން

އެސްއެމްއީ ޑިޖިޓަލްގެ ޑިރެކްޓަރުންގެ ބޯޑަށް މިނިވަން ޑިރެކްޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިއީ އެސްއެމްއީ ޑިޖިޓަލްގެ ބޯޑަށް މިނިވަން ޑިރެކްޓަރުން އައްޔަންކުރާ ފުރަތަމަ ފަހަރެވެ. އެސްއެމްއީ ޑިޖިޓަލްއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ބޯޑަށް މިނިވަން 3…

ބަލެންދްރަ ޝާހް ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވައިކުރައްވައިފި

ނޭޕާލްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ބަލެންދްރަ ޝާހް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައިކުރައްވައިފިއެވެ. މާރިޗު 5 ގައި ބޭއްވި ޢާންމު އިންތިޚާބުގައި ޝާހްގެ ރާސްތުރިޔާ ސްވަޓަންޓްރާ ޕާޓީން ވަނީ ޤާނޫނުހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، ހުސްވި އަހަރު ނ…

އާސިއާން ސަމިޓު އެޖެންޑާގެ އެންމެ ކުރީގައި މެދުއިރުމަތީގެ ހަނގުރާމަ

އަންނަ އަހަރުގެ މެއި މަހަށް ތާވަލުކުރެވިފައިވާ އާސިއާން ސަމިޓު ކުރިއަށްދާނެކަމަށް ފިލިޕީންސްގެ ރައީސް ފަރޑިނޭންޑް މާކޯސް ޖޫނިއަރ ވިދާޅުވެއްޖެއެވެ. ދެކުނު އިރުމަތީ އޭޝިޔާގެ 10 ޤައުމެއް އެކުލެވޭ ޖަމުޢިއްޔާ، އާސިއާންގެ މި އަހަރުގެ ބައްދަލުވުން މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބޭއްވޭނ…

އީރާނަށް ޙަމަލާދޭން އެމެރިކާއިން އިތުރު 10،000 ސިފައިން ފޮނުވަން ވިސްނަނީ

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމައިގައި ބައިވެރިކުރުމަށް އިތުރު 10،000 ސިފައިން ފޮނުވަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވިސްނަމުންދާކަން ހާމަވެއްޖެއެވެ. އެކި މަސްދަރުތަކާ ޙަވަލާދީ އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ…

އިމާރާތްކުރުމުގެ ސިނާޢަތަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިމާރާތްކުރުމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އޮޅުންފިލުއްވައިފިއެވެ. ވަޒީރު ވަނީ އެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ. މެދުއިރ…

"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ޖިހާދުކުރުމަށްވުރެ މަތިވެރި އަމަލެއް"

"މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ تَعَالَىގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެއް ކަމަށާއި އެއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "މައިންބަފައިންނަށް ކަމޭހިތުން" އެވ…

ދައުލަތުގެ އާމްދަނީ އިތުރުވެ، ބަޖެޓް ސާޕްލަސްއެއްގައި

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުން ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން މިމަހުގެ 19ގެ ނިޔަލަށް ދައުލަތަށް ލިބުނ…

Loading fresh headlines…