Live 340,800 stories Updated Mar 27, 2026
Browse topics All stories

Latest stories

Live feed

ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ނިޔާވި ކުއްޖާއަށް ފީޑިން ޓިއުބް ލަސްވި މައްސަލަ ބަލައި އިސްލާހުކުރަންޖެހޭ ކަންކަން އަންގާނަން: އެޗްއާރްސީއެމް

ބަލި ކުއްޖަކަށް އެންސްޕާ މެދުވެރިކޮށް ހޯދުމަށް އެދުނު ފީޑިން ޓިއުބެއް އަށް މަސްވިއިރު ވެސް ނުލިބުނު ކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

ބޭންކުން ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރުކޮށްގެން ކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް ބޭންކުން މިދިޔަ އަހަރު ފައިދާ އިތުރުކޮށްފައިވާނީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން ކަމަށް ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް - ސީއެމްޑީއޭގެ ސީއީއޯ

ބީއެމްއެލްގެ ހިއްސާތަކަށް ގެންނަ ބަދަލާއެކު ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

އުމުރުން 6 އަހަރުގެ އިބްރާހިމް އަޒާން ދިރިހުންނަން ބޭނުންވާ ހޮޅިކޮޅެއް ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތައް ފެއިލްވެ އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ހެލްތް މިިނިސްޓްރީ އިން ބަލަން ފަށަފި އެވެ.

އެމެރިކާގެ ހުށަހެޅުމާމެދު މަޝްވަރާކުރުމުގެ ވިސްނުމެއް އީރާނުން ނުގެންގުޅޭ

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ރަައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރޭވުން ދިރާސާ ކުރަމުންދާ ކަން އީރާނުން ކަށަވަރުކޮށްދީފިއެވެ. ޓްރަމްޕް އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވީ ފެބުރުވަރީ 28ވަނަ ދުވަހުއެވެ. ނަމަވެސ…

ރައީސް މުއިއްޒު އަށް ރަނގަޅުވާނީ ޝަރުއީ ދާއިރާ އިތުރަށް މިނިވަން ކުރަން ނޫޅުނިއްޔާ: ސޯލިހު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެންމެ ރަނގަޅު ގޮތަކީ ޝަރުއީ ދާއިރާ އިތުރަށް މިނިވަންކުރުމުގެ ނަމުގައި އެ ދާއިރާގެ ތެރެއަށް އަތްނުބޭނުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އީރާނާއި އެމެރިކާގެ ނުސީދާ މަޝްވަރާ ކުރިއަށް އެބަދޭ: ޕާކިސްތާން

ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާ ކުރިއަށްދާ ކަމާ މެދު ސުވާލު އުފައްދަން ޖާގައެއް ނެތް ކަމަށާއި އެކަން ކުރިއަށްދާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރް މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…